ދަރިއަކަށް ޓަކައި، އެ ދަރިފުޅުގެ މަންމައާއި ބައްޕަގެ ހިތުގައި އުފެދިފައިވާ ލޯތްބަކީ ލިޔުމުން ނުވަތަ ދުލުން ބަޔާންކޮށްދެވޭވަރަށް ވުރެ ބޮޑު، އަގުހުރި މާތް އެއްޗެކެވެ. މިއީ އެއްވެސް މީހަކު ދެބަސް ނުވާނޭ ހަގީގަތެކެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި އެއްވެސް މަޔަކު އަދި ބަފަޔަކު އެމީހުންގެ ދެލޯފަދަ ލޯބިވާ ދަރިފުޅުގެ ގައިގައި އަލިފާންކަންޏެއްގެ މިންވަރުވެސް ޖެހުމަށް ނޭދޭނެ އެވެ.
Advertisement
ސޯޝަލް މީިޑިއާގައި އާންމުވެފައިވާ ޕޯސްޓެއްގައި ބައްޕައަކު ބަޔާންކޮށްފައިވާ އަސަރުން ފުރިގެންވާ ބަސްތައް މިކަމުގެ އަލިގަދަ ހެއްކަކަށް ފުދެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މެދުވެރިކޮށް ކުއްޖާގެ ބައްޕަ އަޖުވަދު އަބްދުލް ރަހީމް ބަންޑުންކޮށްލި މި އަސަރުގަދަ ޖަޒުބާތީ ސުއޫރުތަކަކީ، ދިމާވި ކުއްލި ހާލަތަކާއި ގުޅިގެން ދުވަސް ނުފުރެނީސް ބަނޑަށް 6 މަހުގައި ސިޒޭރިއަން ހަދައި ނަގާފައިވާ ޢީސާ ބިން އަޖުވަދުގެ ސިއްހީ ހާލަތުގެ ވާހަކައެވެ.
އަޖުވަދު އަބްދުއްރަޙީމް އަދި މުއީޒާ ޖަބީބްގެ ދަރިފުޅު އީސާ ބިން އަޖުވަދު އަކީ ދިމާވި ކުއްލި ހާލަތަކާއި ގުޅިގެން ދުވަސް ނުފުރެނީސް ބަނޑަށް 6 މަހުގައި ސިޒޭރިއަން ހަދައި ނަގާފައިވާ ކުއްޖެކެވެ.
ކުއްޖާގެ ބައްޕަ އަޖުވަދު "ސީއެންއެމް" އަށް ބުނީ ދުވަސް ނުފުރެނީސް ބަނޑަށް 6 މަހުގައި ސިޒޭރިއަން ހަދައި ނެގި އޭނާގެ ދަރިފުޅު އީސާގެ އެތެރެހަށީގެ ގުނަވަންތައް ފުރިހަމައަށް ހެދިބޮޑު ނުވަނީސް ކުއްޖާ ނަގަން ޖެހުމުގެ ސަބަބުން ސިއްޙީ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށެވެ.
"ދަރިފުޅު ނެގީ ސިޒޭރިއަން ހަދައިގެން އެންމެ 6 މަހުގައި. އޭގެ ފަހުން ވަރަށް ގިނަ ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ. އެގޮތުން ބަރުދަން ދައްވުމާ، ފުއްޕާމޭ ރަނގަޅަށް އުފެދި ފުރިހަމަވެފައިނުވާތީ ފުއްޕާމޭގައި ފެން އުފެދުން ފަދަ މައްސަލަތައް ވަނީ ކުރިމަތިވަ." ކުއްޖާގެ ބައްޕަ އަޖުވަދު ބުންޏެވެ.
އެގޮތުން ކުއްޖާގެ ބަރުދަން އެކަށީގެންވާ ވަރަށް ވުރެ ދަށްކޮށް ހުރުމާއި، ފުއްޕާމޭ ރަނގަޅަށް އުފެދި ފުރިހަމަވެފައިނުވާތީ ފުއްޕާމޭގައި ފެން އުފެދިފައިހުރުން ހިމެނޭކަމަށް އަޖިވަދު ބުންޏެވެ. އޭނާ ބުނީ ކުއްޖާ ވިހޭ ފަހުން މިހާރު 6 މަސް ވެފައިވާއިރު މިހާތަނަށް ކުއްޖާއަށް ފަރުވާ ހޯދަމުން ގެންދިޔައީ އިންޑިޔާގައި (އާސަންދަ އެހީ ހަމަޖެހިފައިނުވާ) ހޮސްޕިޓަލެއްގެ އެން.އައި.ސީ.ޔޫ ގައެވެ.
ޢީސާގެ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރު ދީފައިވާ ލިޔުން/ ފޮޓޯ: އަޖުވަދު އަބްދުއްރަހީމް ފޭސްބުން އެކައުންޓް
ކުއްޖާގެ ބައްޕަ އަޖުވަދު ބުނީ ކުއްޖާ އުފަންވީއިރު ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާހޯދަމުން ދަނިކޮށް އެމެޖެންސީކޮށް ކުއްޖާގެ ހާނިއާ ސާޖަރީއެއް ވެސް ހަދަންޖެހުނު ކަމަށާއި އެގޮތުގެ މަތިން މިހާރު އަމްރީތާ ހޮސްޕިޓަލަށް ބަދަލުކޮށް ސާޖަރީ ހަދާފައިވާ ކަމަށެވެ. އަދި ކުއްޖާގެ ލޮލުގެ ލޭޒަރ ސާޖަރީއެއްވެސް އެ ހޮސްޕިޓަލުގައި ހެދިފައިވާކަމަށް އަޖުވަދު ބުންޏެވެ. މީގެ އިތުރުން ކުއްޖާގެ cytomegalovirus އިންފެކްޝަން ހުރުމުގެ ސަބަބުން 02 މަސް ދުވަހުގެ މުއްދަތަށް އެން.އައި.ސީ.ޔޫގައި ފަރުވާ ދިނުމަށް ޑޮކްޓަރު ލަފާދެއްވާފައި ވާކަމަށް ވެސް ކުއްޖާގެ ބައްޕަ އަޖުވަދު ބުންޏެވެ.
"ފަރުވާހޯދަމުން ދަނިކޮށް ބޮޑެތި މައްސަލަތަކެއް ވަނީ ދިމާވެފަ. އެއީ އެމެޖެންސީކޮށް ކުއްޖާގެ ހާނިއާ ސާޖަރީއެއް ވެސް ހަދަންޖެހުނު. އަދި ކުއްޖާގެ ލޮލުގެ ލޭޒަރ ސާޖަރީއެއްވެސް ވަނީ ހަދަން ޖެހިފަ. މި ދެ ސާޖަރީވެސް މިހާރު ވަނީ ހެދިފަ." ޖައުހަރީ ބުންޏެވެ.
ގިނަ ދުވަސްތަކެއް ވަންދެން ( 2024 މާރޗް 18 ވަނަ ދުވަހުން ފެށިގެން ) ރާއްޖެއިން ބޭރުގައި ދަރިފުޅުގެ ބޭސްފަރުވާގެ ކަންތައްތައް ހަމަޖެއްސުމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާކަމަށާއި އަދި މިކަމުގެ ސަބަބުން މާލީ ހާލަތު މިހާރު މިވަނީ ވަރަށް ބޮޑަށް ދަށްވެފައިކަމަށް ކުއްޖާގެ ބައްޕަ އަޖުވަދު ބުންޏެވެ.
މީގެ އިތުރުން ދަރިފުޅުގެ ބޭސްފަރުވާއަށް ހޭދަވާނެ މުއްދަތެއް އަދިވެސް ނޭންގޭއިރު، އާންމު ފަރާތްތަކުގެ ދީލަތި އެހީތެރިކަމަށް ވަރަށް ބޮޑަށް އެދޭ ކަމަށްވެސް އެންމެ ހަ މަހުގެ ތުއްތު އީސާގެ ބައްޕަ އަޖުވަދު ވަނީ ބުނެފަ އެވެ.
އެހީތެރިކަން ދެއްވުމަށް ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރާނެ އެކައުންޓުތަކުގެ ތަފްސީލް:
ކުއްޖާގެ ބައްޕަ: އަޖުވަދު ޢަބްދުއްރަޙީމް
(އިންޑިއާ ނަމްބަރ): 8891193481
(ވައިބަރ): 9999541
ބީ.އެމް.އެލް އެކައުންޓް ނަމްބަރ
7704497604101 ރުފިޔާ
7730000551146 ޑޮލަރު
ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.