
ކަނޑުގައި ފުލުހުން
މާލެ ކައިރިން އޮޔާ ދަނިކޮށް ފެނުނީ މަރުވެފައި އޮތް ދިވެހި ފިރިހެނެއް
ގުފްތަގް އަޖީރު
30 ސެޕްޓެމްބަރ 2024 - 18:12:45
މާލެ ކައިރިން މިއަދު އޮޔާ ދަނިކޮށް ފެނުނީ މަރުވެފައި އޮތް ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެފިއެވެ.
އެމީހާ މިއަދު ނަގާފައިވަނީ މާލެ ކައިރިން އޮޔާ ދަނިކޮށް މާލޭ އުސްފަސްގަނޑާ ދިމާލުންނެވެ.
ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށީ މަރުވެފައި އޮތް މީހަކު އޮޔާދާ ކަމުގެ މައުލޫމާތު ލިބުމުންނެވެ.
މިއަދު ހަވީރު 5:06 ހާއިރު އެމީހާގެ ހަށިގަނޑި ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ.
"އެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވޭ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނޭ،" ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އެމީހާއަކީ ދިވެހި ފިރިހެނެއްކަަމަށް ބުނުމުގެ އިތުުރުން އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ދިވެހި ފިރިހެނެއްގެ ހަށިގަނޑު މިއަދު ފެނިފައިވާިއިރު، ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދުގެ ހޯދުމަށް ތަސްލީމު ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިސް ވަނީ މިމަހު ނެރެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް