ads
ފޮޓޯ: ބީބީސީ
ހުކުރު ދުވަހުގެ މާތްކަމުގެ ތެރެއިން..!
ހަފްތާގެ އެހެނިހެން ދުވަސްތަކާއި ހިލާފަށް ހުކުރު ދުވަހަށް ހާއްސަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ.
Advertisement

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ އަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރެއްވިއެވެ.

(أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم މާނައަކީ: 

"އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީ އެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވި އެވެ. ނަސާރާއިންނަށް އާދީއްތަ ދުވަސް ދެއްވި އެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ".

ހުކުރު ދުވަހުގެ މާތްކަުގެ ތެރޭގައި ގިނަ ކަންތައް ތަކެއް ވެއެވެ. އޭގެތެރޭގައި އެއްކަމަކީ ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މީހުން ކަށްވަޅުގެ ފިތުނައިން ﷲ ތައާލާ ސަލާމަތް ކުރައްވަވަ އެވެ.

އެފަދަ މަރެއް އެއީ ހެޔޮ ނިމުމެއްގެ އާލަމާތެއްކަމުގައި އިލްމުވެރިން ވިދާޅުވެ އެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީސްފުޅު ކުރެއްވިއެވެ. ((مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ)) މާނައަކީ: 

"ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ އަޒާބުން ﷲ ތަޢާލާ ސަލާމަތް ކުރައްވައެވެ."

ހުކުރު ދުވަހުގެ މާތް ކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައް:

އެންމެ މާތް ނަމާދު ކަމުގައިވާ ހުކުރުނަމާދު އެދުވަހުގައި ކުރެވޭކަން، އަލްޖުމުއަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވަވާފައިވާ ވަހީ ބަސްފުޅެއްގެ މާނާގައިވަނީ “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައި ވާނަމަ، އެގޮތް ތިޔަބައި މީހުންނަށް ހެޔޮކަން ބޮޑެވެ.” (އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތް)

މައުލޫމާތު: އިލްމުވެރިންގެ ފަތުވާތަކުން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް