ads
ފޮޓޯ: ޑެއިލީ ޓުރަސްޓު
ރަހީނުކުރުން ވިޔަފާރިއަކަށް؟ ނުދައްކާ ބިރުވެރި ވާހަކަތަކެއް!
ގޭންގު ކުށްތަކުގެ ވާހައަކީ މިއަދުގެ މި މުޖުތަމައުގައި އާވާހަތަކެއް ނޫނެވެ. ރާއްޖޭގެ އެންމެ އާންމު އެއްވާހަކައަކަށް މިހާރު މިވަނީ ރަހީނުކުރުމުގެ ވާހަކަވެސް ވެފައެވެ.
Advertisement

ކުރިން ފިލްމުތަކުން ފެނުނު ކަމުގައިވިއަސް، މިއަދު މި ދިވެހިރާއްޖޭގައިވެސް އެ މަންޒަރު މި ވަނީ ހަގީގަތަކަށް ވެފައެެވެ. ގޭންގު ކުށްތަކުގެ ބިރުވެރިކަން މިރާއްޖޭގައި އޮތް ހިސާބު، ފުލުހުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ހާމަކުރި މައުލޫމާތުތަކުން ވެސް އެނގިހާމަވެގެން ދިޔައެވެ.

ފުލުހުން ހާމަކުރި މި ވާހަކަތަކަކީ މިއީ ހިތްވަރެއް ހުރެގެން ނޫނީ އަޑު އަހާލަން އުނދަގޫ ބިރުވެރިކަމުން ފުރިގެންވާ ވާހަތަކެކެވެ.

"މި މައްސަލަ ފުލުހުން ހުށައެޅީ މިއަހަރުގެ ޖުލައި މަހުގެ 25 ވަނަދުވަހު ޖިސްމާނީ ގޮތުން އަނިޔާތަކެއް ލިބިފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔުމުން، އެތަނުގައި ޑިއުޓީއަށް ހުރި ފުލުސް މީހާގެ ސަމާލުކަމަށް އައިސްގެން. އެމީހާއަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ވަނީ ދީފަ. އެގޮތުން ލޯމަތީ ޖަހާ މާރާމާރީ ހިންގާފައިވޭ. އޭގެއިތުރުން ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއްކަމަށް ބެލެވޭ ޒަހަމްތަކެއް ހުރިކަން ފާހަގަވޭ. އަދި އޭނާގެ ހަށިގަނޑު އެކިތަންތާ ތަޅާ މާރާމާރީ ހިންގުމުގެ ލިބިފައިވާ ޒަހަމްތަކެއްކަމަށް ބެލެވޭ ޒަހަމްތަކެއްވެސް ފެންނަ ހުރިކަން ފާހަގަކުރެވޭ. ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ވައަތު ކުޑަވައި އިނގިލީގެ ދެވަނަ ބަދައިން ފެށިގެން ބުރިކޮށްލާފައިވާކަން ފާހަގަކުރެވޭ،" ފުލުހުން ބުންޏެވެ. 

your imageރަހީނުކުރި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެނީ: ފައިލް ފޮޓޯ

ފުލުހުން ބުނި ގޮތުގައި މި މައްސަަލާގައި ރަހީނުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ރަހީނުކޮށްފައިވަނީ މި އަހަރުގެ މޭ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަށެވެ. މައްސަލަ ފުލުހުންގެ ސަމާލުކަމަަށް އައީ ޒަހަމްތަކާއެކު ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ގެންދެވުނު ހިސާބުންނެވެ. 

މީހަކު ރަހީނުކޮށް، އެ މީހާއަށް ދީފައިވާ އަނިޔާތަކުގެ ބައެއް ތަފުސީލުތައް ފުލުހުންގެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅުގެން މަޝްހޫރު ގާނޫނީ ވަކީލަކަށް ގުޅާލުމުން އޭނާވެސް ބޭނުންވެ ލެއްވީ ނަން ހާމަނުކުރައްވައި ވާހަކަ ދައްކަވާށެވެ. ކަމުގެ ބިރުވެރިކަމުންނެވެ. 

"އަސްލު އެނގޭތަ ރަހީނުކުުން މިހާ މައްޗަށް ދިޔަ ސަބަބު؟ އެކަން މިހާ ހިސާބަށް ދާން މިޖެހުނީ ކޮންމެ ދެމީހެއްގެ ދެމެދުގައި އޮންނަ ފައިސާގެ މުއާމަލާތެއް ނޫނިއްޔާ މާލީ ކޮންމެވެސް މުއާމަލާތަކާ ގުޅޭ ކަމެއްގަ. އަސްލު ސިޔާހީ މީހުން ނުވަތަ ވިޔަފާރިވެރިން އޭގެ އަޑީގައި ތިބެގެން، ބައެއް ގޭންގުތަކާއި އެކަހަލަ މީސްމީހުން ބޭނުންކޮށްގެން އެކަން ކުރަނީ. މިއަށް ކިޔަނީ "ވަތޫދީ" މި ދެންނެވި ގޮތަށް އެކަން ކުރާނެ ގޮތަކީ އެކަން ކޮށްދޭ މީހުންނަށް 30 އިން ސައްތަ ދޭގޮތަށް. ރަހީނުކުރުން ފަދަ ބޮޑެތި ކުއްތަކަށް އަރައިގަތުން ހުއްޓުވޭނީ ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާ ކޮށް، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކޮށްގެން." ނަން ހާމަ ނުކުރުމަށް އެދެމުން ރާއްޖޭގެ މަސްހޫރު ގާނޫ ވަކީލަކު ކިޔައިދެއްވިއެވެ. 

އޭނާ ވިދާޅުވީ، ރާއްޖޭގެ އަދުލުގެ ނިޒާމު ހަރުދަނާ ނުކޮށް މިފަދަ ބޮޑެތި ކުއްތައް މި މުޖުތަމައުން ފިލުވައި ނުލެވޭނޭ ކަމަށާއި، އެއީ މިހާރުން މިހާރަށް ވެސް ކުރަން ޖެހިފައިވާ މުހިންމުކަމެއް ކަމަށެވެ.

your imageމާރާމާރީ ހިންގާފަައި ފިލަން އުޅުނު މީހަކު ފުލުހުން ހިފަހައްޓަނީ

މީހުން ރަނީހުކޮށް ފޭރުމާއި، ރޭޕްކޮށް، ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގުން މިހާރު މި މުޖުތަމައުގައި، މިވަނީ ބިރުގަންނަ ދަރަޖައަށް އާންމުވެ، އިތުރުވެފައެވެ. މިފަދަ ބިރުވެރި އެތަކެއް ކަންތައް ތަކެއްގެ ސަބަބުން މާލޭގެ މަގުތަކުގެ އާމާންކަން ގެއްލިފައިވާއިރު، އަޅުގަނޑުމެން ދިވެހީންގެ ހިތްތަކުގައިވެސް މި ވަނީ ނުތަނަވަސްކަން އިތުރުވެ، ބިރުވެރިކަން އުފެދިފައެވެ.

"ރާއްޖޭގައި ރަހީނުކޮށް، އެދޭ އަނިޔާގެ ކަންކަމުގެ ވާހަދައްކަންވެސް ބިރުގަނޭ. އަސްލަށް ބުނާނަމަ މިހެން މަގުތީގައި އުޅެންވެސް ޖެހިލުންވެ، ބިރުގަނޭ. ނޭންގޭނެ ދޯ، ހަމަ ފަހަތުން އައިސް ވަޅި ޖަހާފަ ފޭރިގަނެގެން ހިނަގއިދާނެ. މިކަންމުގެ ޒިންމާ ނަގަން ޖެހޭނީ ސީދާ ދައުލަތުން. މިބާވަތުގެ މައްސަލަތަކުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ. އެވާހަކަ ދައްކާ މީހަކަށް ވެސް ސަލާމަތެއް ނެތް. ރާއްޖޭގައި މީހުން ރަހީނުކޮށް އަނިޔާތައް އެ ދެނީ ބޮޑެތި ބަޔަކު ވެސް އަޑީގައި ތިބެގެން އެކަން ކުރުވާތީ. ނުހުއްޓުވޭނެ އެކަމެއް. ނުވާނެ އެކަމެއ،"މިއީ މި މައްސަލާގައި އާންމުރައްޔިތެއްގެ ޝުއޫރެވެ.

މިފަދަ ސުއޫރުތަކުން ވެސް އެނގި ހާމަވަނީ ރަހީނުކޮށް މީޙުންނަށް ދޭ ބޮޑެތި އަނިޔާތަކާއި ގުޅިގެން އާންމުންގެ ހިތްތަކުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ބިރުވެރިކަމެވެ.

13%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް