މި ދެ ތަރިން ވަރަށް އުފަލާއެކު ދަރިފުޅު ލިބުމަށް އިންތިޒާރު ކުރަމުންދެއެވެ. ދާދިފަހުން، ދިޕިކާއާއި ރަންވީރު ވަނީ އެ ދެ މީހުންގެ މެޓަރނިޓީ ފޮޓޯޝޫޓްގެ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. މި ފޮޓޯތަކުގައި ރަންވީރު ދިޕިކާގެ ބަނޑުގައި އަތްލައިގެން ހުރި މަންޒަރު ފެނުނެވެ.
ސޯޝަލް މީޑިއާގައި މި ފޮޓޯތައް ހިއްސާކުރުމާއެކު، ގިނަ ބަޔަކު ލަފާކުރަމުންދަނީ ދިޕިކާއަށް ލިބެނީ ޓްވިންސްއެއް ކަމަށެވެ.
މަސައްކަތުގެ ދާއިރާއިން ބަލާއިރު، ދިޕިކާ ފަހުން ފެނިގެންދިޔައީ "ކަލްކީ 2898 އޭޑީ" ފިލްމުގައެވެ. އަދި ރޯހިތް ޝެޓީގެ "ސިންގަމް އަގެއިން" ފިލްމުގައި ވެސް އޭނާ ފެނިގެންދާނެއެވެ. ރަންވީރު ކުރިއަށް އޮތްތާ ފެނިގެންދާނީ އަދިތިޔާ ދަރުގެ އަދި ނަމެއް ނުކިޔާ ފިލްމެއްގައެވެ.