ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާގެ ފުރަތަމަ މެޗުތަކުން، ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ ރޭވަނީ މޮޅުވެފައެވެ.
ރޭ ކުޅުނު ގްރޫޕް އޭގެ މެޗުން، ޕޮލިސް ކްލަބުން ވަނީ 17-0 އިން ޔޫތު ރިކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. އަދި ގްރޫޕް ބީގެ މެޗުން، ހެލްތު ރެކްރިއޭޝަން ކްލަބް އަތުން ކްލަބް ވެމްކޯ މޮޅުވީ، 13-0 އިންނެވެ. މި ގްރޫޕްގައި ދެން ހިމެނެނީ، ސްޓެލްކޯ ކްލަބާއި ދަރުމަވަންތަ ހޮސްޕިޓަލް އެވެ.