ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއަދު ޕޭމަންޓް ޕްރޮސެސް ކުރުމުގައި ދިމާވި "ހިއުމަން އެރާ" އެއްގެ ސަބަބުން ބައެއް އެކައުންޓްތައް އޮޅިގެން ފައިސާ ޖަމާ ކުރެވުނު ކަމަށެވެ.
ބީއެމްއެލް އިން މިހާރުވަނީ މި އެކައުންޓްތައް ދެނެގަނެ، ރިވާސަލްތައް ކުރިއަށް ގެންގޮސްފަ އެވެ.
އެ ބޭންކް އިން ބުނީ މި މައްސަލަ ދިމާވެފައި ވަނީ ޕޭރޯލް ޕްރޮސެސިންއަށް ބޭނުންކުރާ ބަލްކް ޕޭމަންޓަށް ދާދި ފަހުން ގެނައި ބަދަލާއި ގުޅިގެން ކަަމަށާއި، މިކަމުގެ ސަބަބުން މާލީ ގޮތުން އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.
އިންޓަރނެޓާއި މޯބައިލް ބޭންކިންގ މެދުކެނޑިފައިވާތީ ބީއެމްއެލްއިން ވަނީ މާފަށް އެދިފަ އެވެ.