ads
ހުޅުމާލެ ދުވާރު މަތިން ގޮނޑިއާއި މޭޒު ނަގަން ފަހު ފުރުސަތު އެޗްޑީސީއިން ދީފީ - ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ދުވާރު މަތިން ގޮނޑިއާއި މޭޒު ނަގަން ފަހު ފުރުސަތު އެޗްޑީސީއިން ދީފީ
ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރު މަތީގައި ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒުތައް މިމަހު 10 ގެ ކުރިން ނަގަން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ފަހު ފުރުސަތުދީފި އެވެ.
Advertisement

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ކުރިން އެތަކެތި ނަގަން އެންގުމަށް ގިނަ ފަރާތްތަކުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށާއި، އަދި ދުވާރު މައްޗާއި ހެޖުތެރޭގައި ގޮނޑިޔާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. 

އެޗްޑީސީން ބުނީ، މިހިނގާ އޯގަސްޓު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގޮނޑިއާއި މޭޒު ނުނަގާނަމަ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެޗްޑީސީން އެތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، މި ތަކެތި ނެގުމުގެ ތެރޭގައި މުދަލައް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށެވެ.

އެޗްޑީސީއިން މީގެ ކުރިން ވަނީ، ހުޅުމާލޭ ފޭސް 2، ރުއްގަނޑު 3 ގެ ބީޗް ސަރަހައްދަށްވާގޮތަށް އޮންނަ ހުސްބިމުގައި ގަވާއިދާ ހިލާފަށް ހަޓްތަކުގައި ވިޔަފާރިކުރާ ހަޓްތަށް ނަގައި އެތަނުގައި ފުޑް ޓްރަކް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް