
ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެ ބައެއް އެތްލީޓުންނަށް އެ މީހުން އެތައް ދުވަހެއް ވަންދެއް ތަމްރީންވަމުން އައި އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ގެއްލިފައެވެ.
ކޮވިޑަށް ޕޮޒިޓިވްވެ އެންމެ ކުރިން މުބާރާތުން ވަކިވާން ޖެހުނު އެތްލީޓުންގެ ތެރޭގައި އޮސްޓްރޭލިޔާގެ ފެތުންތެރިޔާ ލާނީ ޕައްލިސްޓާ ހިމެނެއެވެ. އޭނާއަކީ ލޯންގް ލޯސް، 1500 މީޓަރުގެ ފްރީ ސްޓައިލުން ރަނ މެޑަލް ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ފެތުންތެރިޔާ ކަމަށް ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވެއެވެ.
ބައެއް އެތްލީތުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހުރިހާ ކުޅުންތެރިން ޓެސްޓްކުރުމުގެ ވިސްނުމެއް މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުގެ ނެތެވެ. މި ފަހަރުގެ އޮލިމްޕިކްސް އަކީ 2020 ވަނަ އަހަރު ދުނިޔެ އަށް ކުރިމަތިވި ކޮވިޑްގެ ސަބަބުން އެއް އަހަރަށް ފަސްކުރި ޓޯކިޔޯ އޮލިމްޕިކްސް އަށް ފަހު ބާއްވާ ފުރަތަމަ އޮލިމްޕިކްސް މުބާރާތެވެ.