ads
ފުލުހުން
ފުޑް ޕޮއިޒަންވީ ބައެއް ދަރިވަރުން އައިސީޔޫގައި
އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެ، އެއިން އެއް ބައެއް ދަރިވަރުންގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެވެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.
Advertisement

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ކާނާ ވިހަވެ، އެއިން އެއް ދަރިވަރުގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެވެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.  

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާނާ ވިހަވީ ދަރިވަރުންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެވެމުން އަންނަނީ ފިރިހެން ދަރިވަރެކެވެ. މިކަމުގެ ތެރެއިން ކާނާ ވިހަވަގެން 30 އަކަށް ދަރިވަރުންނަށް ފަރުވާ ދޭން ޖެހުނު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

އެ ދަރިވަރުންނަށް ވީގޮތެއް ހޮސްޕިޓަލު މެދުވެރިކޮށް ބަލަމުން އަންނަ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ފަރުވާ ދިނުމަށް ފަހު ބައެއް ދަރިވަރުން އަނބުރާ ކޮލެޖަށް ގެންދަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމުކުރި ޕޮލިސް ކޮލެޖު ރަސްމީކޮށް ހުޅުވީ 27 މާޗު 2022ގަ އެވެ. ފުލުހުންގެ އަސާސީ ތަމްރީނުގެ އިތުރުން، ހާއްސަ ތަފާތު ތަމްރީނު ކޯސްތައް އެ ކޮލެޖުގައި ހިންގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް