ads
5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގައި ޖަމާލުއްދީންގެ ދަރިވަރުންތަކެއް ގަސް އިންދަނީ
އެކި ފަރާތްތަކުން 1.3 މިލިއަން ގަސް އިންދަން އެއްބަސްވެއްޖެ
ރައީސް ޑރ. މުއިއްޒު އިފްތިތާހުކޮށްދެއްވާފައިވާ ފަސް އަހަރުދުވަސްތެރޭ ގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މިހާތަަނަށް އެކި ފަރާތްތަކުން 1.3 މިލިއަން ގަސް އިންދަން އެއްބަސްވެފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖެގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށްވާ މިދިޔަ ޖޫންމަހުގެ ފަސް ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދެވުނު ހަރަކާތަތަކުގެ ތެރެއިންވެސް އެކަނި 398000 ގަސް އިންދިގެން ދިޔައެވެ.

މިއަދު މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ތޯރިގް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަސައްކަތްކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ އުސޫލަކީ މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓްގައިވާ ފޯމް ފުރައި، އޭގައި އިންދަން ގަސްތުކުރާ ގަސްތަކުގެ އަދަދާ، ގަހުގެ ބާވަތާ، ގަސް އިންދާ ލޮކޭޝަން އެނގޭ ޕްލެޖެއް ކުރުންކަމަަށެވެ. 

"މިހާތަަނަށް އެކި ފަރާތަތަކުން ކުރައްވާފައިވާ ޕެލެޖަށް ބަލާއިރުގައި 1.3 މިލިއަން ގަސް އިންދުމަށް، ޕްލެޖް ވަނީ އެކި ފަރާތްކުން ކުރައްވާފައި، ސްކޫލްތައް، ރިސޯޓްތައް އަދި މަދަނީ ޖަމިއްޔާތަައް ހިމެނޭ" ތޯރިގް ވިދާޅުވި އެވެ.

ވަޒީރު ތޯރިގް ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖެ ފެހި ކުރުމަށާއި، ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މޫސުމީ ބަދަލުތަކުން ދިމާވާ ނުރައްކާތަކުން ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުންކަމަށެވެ.

މީގެ އިތުރުން ގަސްތަކުން ނަފާ ލިބި، ރާއްޖޭގައި ކެއުމަށް ބޭނުންކުރާ ބާވަތަަތައް އިތުރުކޮށް ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްްކަތްކުރުމަކީ ވެސް މަޝްރޫއުގެ އަމާޒެއް ކަމަށް ތޯރިގް ވިދާޅުވި އެވެ. އަދި ފަސް އަހަރުގެ ތެރޭގައި 90 އަށްވުރެ ގިނަ ބާވަތުގެ ގަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންދިގެންދާނެކަމަށް ވަޒީރު ތޯރިގް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް