ads
ބޭޭސްފަރުވާގެ އެހީގެ ގޮތުގައި ޖޫންމަހު 1 މިލިޔަނައްވުރެ ގިނަ ރުފިޔާ - ފޮޓޯ: ރައީސް އޮފީސް
ޒަކާތުން ފަންޑުން މިދިޔަ މަހު 107 މީހަކަށް އެހީވެއްޖެ
ބޭޭސްފަރުވާގެ އެހީގެ ގޮތުގައި ޖޫންމަހު އެއް މިލިޔަނައް ވުރެގިނަ ރުފިޔާ ހަރަދުކޮށް މިދިޔަ މަހު 107 މީހަކަށް އެހީވެއްޖެ އެވެ.
Advertisement

ޒަކާތު ހައުސް އިން ޖޫންމަހު ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އެމަހު ރުފިޔާގެ އެހީގެ ގޮތުގައި ޖުމްލަ 1044،989 ރުފިޔާގެ އެހީވަނީ ފޯރުކޮށްދީފަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފަގީރުންނާއި މިސްކީނުންނަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ކެންސަރުގެ ފަރުވާއަށެވެ. އެގޮތުން، ކެންސަރުގެ ފަރުވާ އަށް ޖުމްލަ 262،911 ރުފިޔާގެ އެހީ ވަނި ފޯރުކޮށްދީފަ އެވެ. ދެވަނައަށް އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ. އެއީ 124،580.53 ރުފިޔާ އެވެ.

މީގެ އިތުރުން، ކިޑްނި ބަލިތަކަަށް 97،531 ރުފިޔާގެ އެހީ ދީފައިވެ އެވެ. އަދި ހިތުގެ އޮޕަރޭޝަންތަކަށް 36،164 ރުފިޔާ އާއި އެހެނިހެން ބަލިތަކަށް 322،327 ރުފިޔާވެސް މިދިޔަ ޖޫން މަހު ޒަކާތު ފަންޑުން ހަރަދުކޮށްފައިވެ އެވެ

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެހީ ދޫކުރެވިފައިވަނީ ޖުމްލަ 107 މީހަކަށެވެ. އަދި އެހީގެ ގޮތުގައި ހަމަޖެހިފައިވާ ޖުމްލަ އަދަދަކީ 870،957 ރުފިޔާ ކަމަށާއި، އެހީގެ ގޮތުގައި ޖުމްލަ 1،044،989 ރުފިޔާ ޖޫން މަހު ޒަކާތު ފަންޑުން ހަރަދުކޮށްފައިވެ އެވެ. 

ޒަކާތާ ގުޅޭ ކަންކަން ކުރުމަށް "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ވަނީ ހާއްސަ އިދާރާއެއް އުފައްދަވާފަ އެވެ. ޒަކާތު ފަންޑަކީ ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ވަކި ހާއްސަ އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް