ads
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު ފުރާވަޑައިގަންނަވަނީ
ރައީސް މުއިއްޒު އަންނަ މަހު ލަންކާއަަށް ވަޑައިގަންނަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަމަހު ލަންކާއަށްް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފިއެވެ.
Advertisement

ރައީސް ޑރ. މުއިއްޒު މި ދަތުރުފުޅުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާފައެވެ. އަދި މީ ރަސްމީ ދަތުރުފުޅެއްކަމަށްވެސް ލަންކާ މީޑިއާތަކުން ރިޕޯޓްކުރެއެވެ. 

އެހެންނަމަވެސް މި ދަތުރާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. 

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ލަންކާއާ އެކު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލަންކާގެ އިސްވެރިންނާއި ބައްދަލުކުރައްވާ ރަަސްމީ މަޝްވަރާތައް ކުރައްވާނެކަމަށްވެސް ލަންކާ މީޑިއާތަކުން ބުނެއެވެ. 

ރައީސް މުއިއްޒު އެންމެ ފަހުން ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްްޔާތުގައި ބައިވެރިވެޑައިގަތުމަށް އިންޑިއާއަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ޗައިނާ އަދި ތުރުކީއަށްް ވަނީ ވަޑައިގެންފައެވެ. އަދި އޭގެފަހުން ޔޫއޭއީއަށްވެސް ވަނީ ވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް