މި ފިލްމަކީ އަކްޝޭ ކުމާރުގެ 150 ވަނަ ފިލްމެވެ.
ފިލްމު ރިލީޒްވުމުގެ ކުރިން ޕްރޮމޯޝަން ދަތުރެއްގެ ގޮތުން އަކްޝޭ ކުމާރު ވަނީ ދިއްލީ އަދި ޕޫނާގައި ޚާއްސަ ސްކްރީނިންތަކެއް ބާއްވާފައެވެ.
މި ސްކްރީނިންގތަކުގައި ބައިވެރިވި ފަރާތްތަކުން ފިލްމާ މެދު ވަރަށް ރަނގަޅު ޚިޔާލުތަކެއް ފާޅުކޮށްފައިވެއެވެ.
"ސަރްފިރާ" އަކީ ތަމިލް ބްލޮކްބަސްޓަ ފިލްމު "ސޫރަރައި ޕޮޓްރޫ" ގެ ރީމޭކެކެވެ. މި ފިލްމު ވަނީ 5 ނެޝަނަލް އެވޯޑު ހޯދާފައެވެ.
"ސަރްފިރާ" ގެ ޓްރެއިލާ ވަނީ ޔޫޓިއުބްގައި 2024 ވަނަ އަހަރުގެ އެންމެ ގިނައިން ބެލި ޓްރެއިލަރުގެ ރެކޯޑު ހަދާފައެވެ. އަދި އައިއެމްޑީބީގައި މި މަހު އެންމެ ބޮޑަށް އިންތިޒާރުކުރެވޭ ފިލްމުގެ ގޮތުގައި ވެސް ވަނީ ފާހަގަކުރެވިފައެވެ.
ފިލްމު ޑައިރެކްޓްކޮށްފައިވަނީ ސުދާ ކޮންގަރާއެވެ. ފިލްމުގެ މިއުޒިކް ކޮމްޕޯޒްކޮށްފައިވަނީ ޖީ.ވީ. ޕްރަކާޝް ކުމާރެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އަރުނާ ބަޓިއާ، ސޫރިޔާ، ޖޯތިކާ އަދި ވިކްރަމް މަލްހޯތްރާއެވެ.