ads
މާލޭގެ މަގުމަތި
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ޒޯންތައް ކަނޑައަޅައިފި
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ޒޯންތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.
Advertisement

ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގައި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭ ޒޯންތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ޒޯން އޭ ގައި މާލެއާއި ހުޅުމާލެ ހިމެނޭއިރު، ޒޯން ބީގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ހިމެނޭ ރަށްތަކެވެ. އަދި ޒޯން ސީގައި ހިމެނެނީ ށ، ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ހިމެނޭ ރަށްތަކެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ބުނީ، އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ކޮންމެ ޒޯނަކަށް ދެ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރެވޭގޮތަށް މީގެ ކުރިން ހަމަޖައްސައިފައި ވާކަމަށާއި، ނަމަވެސް އަތޮޅުތަކުގެ ބައެއް ކައުންސިލްތަކަށް ދީފައިވާ ހުއްދަ މިމަހުގެ 8 އިން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. 

އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދުގައިވާ ގޮތުން އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ޒޯން ފިޔަވާ އެހެން ޒޯނެއްގައި ދުއްވޭނީ އެ މިނިސްޓްރީން ހުއްދަ ދީފައިވާ އުޅަނދުތަކަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް