ads
މެސީ
ރޮނާލްޑޯ ރޮމުން ދިޔައީ ރަށަށް، މެސީ ދިޔައީ ހެމުން ފައިނަލަށް
ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އާޖެންޓީނާއިން ހޯދައިފިއެވެ.
Advertisement

އާޖެންޓީނާ ކޮޕާ އެމެރިކާގެ ފައިނަލަށް ދިޔައީ މިއަދު ހެނދުނު ކެނެޑާ ދެ ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ. ސެމީގައި މިއަދު ކެނެޑާ ދެ ލަނޑުން ބަލިކުރިއިރު، ހަމަ އެ ނަތީޖާއިން ގްރޫޕް ސްޓޭޖުގައިވެސް ކެނެޑާގެ މައްޗަށް އާޖެންޓީނާއިން ކުރި ހޯދިއެވެ.

މިއީ، އާޖެންޓީނާ އިން މިދިޔަ އަށް ކޮޕަ އެމެރިކާގެ ތެރެއިން ފައިނަލަށް ދިޔަ ހަ ވަނަ ފަހަރެވެ. އާޖެންޓީނާ އަކީ ޑިފެންޑިން ޗެމްޕިއަނުންވެސް މެއެވެ. އާޖެންޓީނާ ފައިނަލަށް ދާން ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ޖެހީ ކެޕްޓަން މެސީއެވެ.  

ފައިނަލުގައި އާޖެންޓީނާ ކުޅޭނީ، ކޮލަމްބިއާއާ އުރުގުއޭ މާދަމާ ހެނދުނު ކުޅޭ ސެމީން މޮޅުވާ ބަޔަކާއެވެ.

އާޖެންޓީނާ ގޮވައިގެން ކޮޕާ އެމެރިކާގެ ފައިނަލަށް ކެޕްޓަން މެސީ ދިޔައިރު، މެސީގެ ޒަމާންވީ ވާދަވެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ، ޔޫރޯގައި ކެޓީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް