ads
އެމްބާޕޭ
އެމްބާޕޭގެ އަދި ފެންނަނީ ދެބައިކުޅަ އެއްބައި
ކީލިއަން އެމްބާޕޭއަށް ލިބުނު އަނިޔާއާ ގުޅިގެން ޔޫރޯގައި އަދި މިހާތަނަށް ފެންނަނީ އޭނާގެ ކުޅުމުގެ ދެބައި ކުޅަ އެއްބައި ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.
Advertisement

އެމްބާޕޭއަށް އަނިޔާވީ ޔޫރޯގެ ފުރަތަމަ މެޗުގައެވެ. ފުރަތަމަ މެޗުގައި ނޭފަތް ފަޅައިގެން ދިޔުމުގެ ދިޔުމުގެ ސަބަބުން ޖެހިގެން އައި މެޗުގައި އޭނާ ނުކުޅޭއިރު، ދެން ފަހުން ކުޅުނު މެޗުތަކުގައި ކުޅެނީ މޫނުގައި މާސްކެއް އަޅައިގެންނެވެ. އެމްބާޕޭގެ އަސްލު ކުޅުމެއް މުބާރާތުގައި ނުވެސް ފެނެވެެ. 

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ މުބާރާތުގައި އަދި ފެންނަނީ އެމްބާޕޭގެ ފަންސާސް ޕަސެންޓް ކަމަށެވެ. އެއީ އަނިޔާގެ ސަބުބުން ކަމަށް ޑިޑިއޭ ޑެޝޯމްޕްސް ބުންޏެވެ. 

ފްރާންސް މިރޭ ނުކުންނާނީ މުބާރާތުގައި އެންމެ ފޯމުގައި ކުޅެމުން އަންނަ އެއް ޓީމު ކަމަށްވާ ސްޕެއިންއާ ދެކޮޅަށް ސެމީ ފައިނަލްގައެވެ. މި މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު 12 ޖަހާއިރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް