ads
މެސީ
ސެމީ ފައިނަލް މެޗަށް މެސީ ފިޓްވާނެ
އާޖެންޓީނާގެ ކެޕްޓަން މެސީ ނިއު ޖާޒީގައި ކެނެޑާއާ ދެކޮޅަށް ކުޅޭ ކޮޕާ އެމެރިކާގެ ސެމީގައި ކުޅެން ފިޓްވާނެ ކަމަށް ކޯޗު ސްކަލޯނީ ބުނެފިއެވެ.
Advertisement

އާޖެންޓީނާގެ ކެޕްޓަން މެސީގެ ފަލަމަސްގަނޑުގެ އަނިޔާއަކާ ގުޅިގެން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުޅެއެވެ. އެކަމަކު ކުއާޓާ ފައިނަލުގައި އިކުއެޑޯ އަތުން މޮޅުވި މެޗުގައި އެނބުރި ކުޅުމަށް މެސީ އައެވެ. އެކަމަކު އެ މެޗުގައި މެސީ ފެނުނީ ޖުމްލަކޮށް ބަލިކޮށެވެ.

ކޮޕާ އެމެރިކާގެ ސެމީ ފައިނަލްގައި އާޖެންޓީނާ ކުޅޭ މެޗު އޮންނާނީ މިރޭ ފަތިހުއެވެ. މި މެޗުގައި އާޖެންޓީނާ ކުޅޭނީ ކެނެޑާއާ ދެކޮޅަށެވެ. މި ދެ ޓީމު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކުރީ އާޖެންޓީނާއެވެ.

އާޖެންޓީނާއާ ކެނެޑާ ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖޭ ގަޑިން ފަތިހު ފަހެއް ޖަހާއިރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް