
ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހިމް ހަމްދީއާއި އެކު އޭނާގެ އަނބިކަބަލުންވެސް ވަނީ ޕީއެންއެފާއި ގުޅިފައެވެ.
ހަމްފީ ޕީއެންއެފަށް ގުޅި ސޮައިކުރި ފޯމާއި ހަވާލުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނާ ރަޖިސްޓްރީކޮށްދިނީ މިއަހަރުގެ އޭޕްރިލްމަހުގެ 25 ވަަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެޕާޓީގެ ދަފްތަރުގައި ތިބީ ރަޖިސްޓްރީވިއިރު ތިބި ބަރާބަރު 3000 މީހުންނެވެ.
މިދިޔަ މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ތާއިދާއެކު 35 ދާއިރާއަކަށް ކެންޑިޑޭޓުން ނުކުތެވެ. މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވިއިރުވެސް ޕީއެންއެފް އުފެދިފައި ނުވުމުން މި ހުރިހާ މެމްބަރުުން ވާދަކުރީ އަމިއްލަ މެމްބަރުންގެ ގޮތުގައެވެ. އެހެންނަމަވެސް ޕީއެންއެޕް މަޖިލިސް އިންތިހާބު ނިންމާލީ ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ނުވެ ހުސްއަތާއެވެ.
މަޖިލިސް އިންތިހާބަށް ފަހު ޕާޓީގެ އެއްވެސް ހަރަކާތެއް މިހާތަނަށްް ބާއްވާފައެއް ނުވެއެވެ.