ޕީއެންސީން މިރޭ ބުނީ ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ހ. ވެޔޮވިލާ ( އާޓިފިޝަލް ބީޗް ކުރިމަތި)ގައި އޮންނާނެ ކަމަށެވެ.
އަދި ޖަގަހަ ހުޅުއްވައި ދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީއެންސީގެ ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
"ޕީއެންސީ ހައުސް" ހަދާފައި ވަނީ ގިނަ އަހަރުތަކެއް ވަންދެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ހިންގަމުން އައި މައި ހަރުގެ އަދި ފަހުން އެ ޕާޓީ ދެ ބައިވެ އުފެދުނު ދަ ޑިމޮކްރެެޓްސް އިން ހަރުގެއަކަށް ހަދައި ހުޅުވައިގެން އުޅުނު ތަނުގަ އެވެ.
ޕީއެންސީން އެތަން ކުއްޔަށް ނަގާފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. ޕީއެންސީން ވަނީ އެތަނަށް ގެންނަން ޖެހޭ ބަދަލު ގެނެސްފަ އެވެ.