ads
މަޖިލިސް ކެމްޕެއިން ނިންމަން އެމްޑީޕީން ބޭއްވި ޕްރޭޑްގެ ތެެރެއިން
ކުށް ކުރުން އިތުރުވީ އެމްޑީޕީ ސަރުކާރާ ހެދި ކަމަށް ބުނުމުން ނުރުހިއްޖެ
ކުށް ކުރުން އިތުރުވީ މިދިޔަ އެމްޑީޕީގެ ސަރުކާރުން ކަމަށް ފުލުހުން ބުނީ އެއްވެސް ހެއްކެއް ނެތި ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނެފައި ވަނީ މިދިޔަ ސަރުކާރުން ޖަލުގައި ތިބި ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުން މުޖުތަމައު ނުރައްކަލަށް ހުށަހެޅި މާލެ ސަރަހައްދުގައި ކުށްތައް ގިނަވެފައިވާ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.

ޝިފާންގެ ވާހަކަތައް ކުށްވެރިކުރަމުން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އޭނާ އެހެން ވިދާޅުވީ "އެކަމަށް ބާރު ދޭނެ އެއްވެސް ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ކަމަށް" އެ ޕާޓީން ދެކޭ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި، އެ ޕާޓިގެ ސަރުކާރުގައި ކުށްވެރިން ދޫކުރުން ދިފާއުކޮށްފައިވެ އެވެ. އަދި ބުނީ ކުރީ ސަރުކާރުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މިނިވަން ކުރުމުގައި އަމަލުކުރީ، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި އިޖުރާއަތުތަކުގެ މަތިން ކަމަށެވެެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހަކު ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެމީހަކު އަލުން އަނބުރާ ޖަލަށް ލުމުގެ ގާނޫނީ ފުރުސަތު އޮތް އިރު، މި ދުވަސްވަރު ކުށްކުރަމުންދާ މީހުންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅި އަދި ބަންދު ނުކުރެވުމުން އެނގެނީ، އެ މީހުންނަކީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫން ކަން ކަަމަށެވެ.

އަދި މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ނުރައްކާތެރި ކުށްވެރިންތަކެއް މިނިވަން ކޮށްފައިވާ ކަމަށް ބުނެ އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެެ.

"ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ގާނޫނު ތަންފީޒްކުރުމާ އެކު، ސަރުކާރުން ގާނޫނީ ޒިންމާ އަދާކޮށްގެން ކަމަށް ވާއިރު، ކުށްކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވައިލަން،" ބަޔާން ނިންމާލަމުން އެމްޑީޕީ އިން ބުންޏެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1،680 މައްސަލައެއްގެ އިތުރުން ފޭރުމުގެ 235 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. ވައްކަމުގެ މައްސަލަތައް ގިނަވެފައިވާއިރު، މި ފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް