ads
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ - ފޮޓޯ:އެމްޑީޕީ
މާރިޔާ ޝިފާން އަށް، މި ސަރުކާރުން ދޫކުރި ކުށްވެރީންގެ އަދަދު ހާމަ ކޮށްދީ
މި ސަރުކާރު އައި ފަހުން ދޫކޮށްލި ކުށްވެރީންގެ އަދަދު ހާމަ ކުރަން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފި އެވެ.
Advertisement

ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށެވެ.

އަދި ވިދާޅުވީ ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުމެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވި އެވެ.

ޝިފާންގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރެސިޑިވިސްޓުންގެ އާދަކާދަ ދިރާސާތަކުން ދައްކާ ގޮތުގައި ކުށުގެ ވެށިން ދޫކުރާ މީހުން އަލުން ކުށްކުރުމަށް މުއްދަތެއް އޮންނަ ކަމަށް ނުދައްކާ ކަމަށެވެ. 

"އާ ސަރުކާރު (ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު) އައުމުންނާއި މަޖިލިސް އިންތިހާބަށް ސަރުކާރުން ދޫކުރި މީހުންގެ އަދަދު ހާމަކުރަން ގޮވާލަން،" މާރިޔާ ލިޔުއްވާފައިވެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1،680 މައްސަލައެއްގެ އިތުރުން ފޭރުމުގެ 235 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. ވައްކަމުގެ މައްސަލަތައް ގިނަވެފައިވާއިރު، މި ފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާ އަށް އިތުރުވެފައިވާ ކަމަށް ފުލުހުން އެންމެފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ބުނެފައިވެ އެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް