ads
އަބްދުލްހަންނާން ހަލީމް
އަބްދުލްހަންނާން ހަލީމްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި، ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު މިއަދު އަވަހާރަވުމާއި ގުޅިގެން، ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
Advertisement

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ސޯޝަލްމީޑިއާ މެދުވެރިކުރައްވައި ރައީސް ކުރެއްވި ޕޯސްޓުގައި އެ މަރްހޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރުކޮށްދެއްވުމަށާއި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފައިވެ އެވެ.

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމަކީ، ދިވެހި ޖުމުހޫރިއްޔާގެ ފެށުނުއިރު 1968ގައި އެކުލަވާލި ކެބިނެޓުގެ މެންބަރެކެވެ. އޭރު އެކުލަވައިލި ކެބިނެޓުގެ މިނިސްޓަރުންގެ ތެރެއިން ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް އަވަހާރަވުމާއެކު، އޭރު އެކުލަވައިލި ކެބިނެޓުގެ ހުރިހާ މިނިސްޓަރުން އަވަހާރަވީ އެވެ.

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމަކީ، އެ ކެބިނެޓުން އެންމެ ފަހުން ދިރިހުންނެވި ބޭފުޅާއެވެ. ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމަކީ، ސުމުއްވުލްއަމީރު ކިލެގެ ކަމަށް ކޮލިލެވުނު ބޭފުޅުންގެ ތެރެއިން މިހާތަނަށް ހުންނެވި ހަމައެކަނި ބޭފުޅާ ވެސްމެއެވެ.

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމަކީ، އަވަހާރަވީ މިއަދު ޓްރީ ޓޮޕް ހޮސްޕިޓަލުގަ އެވެ. އެ މަނިކުފާނުގެ ޖަނާޒާ އޮންނާނީ، މިރޭ އިޝާ ނަމާދަށް ފަހުއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް