ads
ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް
ކުރީގެ މިނިސްޓަރު އަބްދުލްހަންނާން ހަލީމް އަވަހާރަވެއްޖެ
ކުރީގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް ދޮށިމޭނާ ކިލެގެފާނު މިއަދު އަވަހާރަވެއްޖެ އެވެ.
Advertisement

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމަކީ، ދިވެހި ޖުމުހޫރިއްޔާގެ ފެށުނުއިރު 1968ގައި އެކުލަވާލި ކެބިނެޓުގެ މެންބަރެކެވެ. އޭރު އެކުލަވައިލި ކެބިނެޓުގެ މިނިސްޓަރުންގެ ތެރެއިން ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމް އަވަހާރަވުމާއެކު، އޭރު އެކުލަވައިލި ކެބިނެޓުގެ ހުރިހާ މިނިސްޓަރުން އަވަހާރަވީ އެވެ.

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމަކީ، އެ ކެބިނެޓުން އެންމެ ފަހުން ދިރިހުންނެވި ބޭފުޅާއެވެ. ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމަކީ، ސުމުއްވުލްއަމީރު ކިލެގެ ކަމަށް ކޮލިލެވުނު ބޭފުޅުންގެ ތެރެއިން މިހާތަނަށް ހުންނެވި ހަމައެކަނި ބޭފުޅާ ވެސްމެއެވެ.

ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމަކީ، އަވަހާރަވީ މިއަދު ޓްރީ ޓޮޕް ހޮސްޕިޓަލުގަ އެވެ.

ތާރީހު ލިޔުންތެރިޔާ މުހައްމަދު ޝާތިރު ވިދާޅުވި ގޮތުގައި ސުމުއްވުލް އަމީރު އަބްދުލްހަންނާން ހަލީމަކީ، އަބްދުލްހަންނާން ހަލީމް ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވީ މި ޖުމުހޫރިއްޔާ ފުރަތަމަ 10 އަހަރު 1968އިން 1978އަށެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ 1968 މި ޖުމުހޫރިއްޔާގެ ފުރަތަމަ ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް