ނުވަދިހައިގެ އަހަރުތަކުގައި އެންމެ މަގުބޫލު އެއް ބަތަލާ ސޮނާލީ ބެންޑްރޭ އަށް ވެސް ވަނީ ހަނދާނުން ފުހެލަން ދަތި ބައެއް ފޭނުންގެ ހަނދާންތަކާއެކު އުޅެން ޖެހިފައެވެ.
މިގޮތުން 1990 ވަނަ އަހަރު އޭނާގެ ފިލްމެއްގެ ޝޫޓިންއަށް ބޮޕާލްގައި ހުއްޓާ އޭނާއާ ބައްދަލު ނުކުރެވިގެން އޭނާގެ ފޭނުންގެ ތެރެއިން އެކަކު މަރުވި ދުވަސް އެއީ އޭނާވެސް ހަނދާނުން ފުހެލަން އެންމެ ދަތިއެއް ދުވަހއެވެ.
އެ ޚަބަރާ ގުޅޭގޮތުން ދާދިފަހުން ސުވާލުކުރުމުން އެ ސުވާލަށް ޖަވާބުދެމުން ސޮނާލީ ވަނީ ބަސް ހުއްޓިފައެވެ.
ސޮނާލީއަށް ބުނެވުނީ”އެއީ ތެދެއްތޯ؟ ކިހިނެއް މީހަކު..." މި ހާ ހިސާބަށެވެ.
އޭނާ އެވާހަކައަށް ރިއެކްޓުކުރީ ވަރަށް ވެސް އުނދަގޫވެ ހުރެއެވެ. ސޮނާލީ ބުނީ އެފަދަ ކަންކަން އޭނާއަށް ބަލައިގަންނަން ދަތިވެފައި، އެހާ ބޮޑަށް މީހުން "ހޭބަލިވާ" ސާބަބު އޭނާއަށް ނޭގޭ ކަމަށެވެ.