
ހޯމަ ދުވަހު ބޭއްވި ފޮތް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އޭނާގެ މަންމަ ސޯނީ ރަޒްދާން އާއި ކޮއްކޮ ޝާހީން ބަޓް އާއި އެކު އާލިއާ ބައިވެރިވިއިރު އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރާއި ކާފަ ނީތޫ ކަޕޫރު ވަނީ އެ އިވެންޓުގައި ބައިވެރިވެފައެވެ.
ފޮތް ލޯންޗުކުރުމުގެ ހަފްލާގައި އޭނާ ނެރުނު ފޮތައްވުރެ ބޮޑަށް ގިނަބައެއްގެ ލޮލުގައި އަޅައިގަތީ އޭނާގެ އިސްތަށިގަނޑަށް ގެނެސްފައިވާ ބަދަލެވެ.
އާލިއާ ބަޓް އޭނާގެ އިންސްޓަގްރާމް އޮފިޝަލް ޕޭޖުގައި ފޮތް ހިފައިގެން ހުރި ފޮޓޯ ހިއްސާކޮށް ލިޔެފައި ވަނީ "އެޑް ފައިންޑްސް އަ ހޯމް" އަކީ އެޑް-އަ-މަމާގެ ކައުނުން އާ ސިލްސިލާ ފޮތްތަކެއްގެ ފެށުމެއް.. އަހަރެންގެ ކުޑައިރުގެ ދުވަސްވަރު ފުރިފައި އޮތީ... ވާހަކަ ކިޔައިދިނުމާއި ވާހަކަ ކިޔައިދޭ މީހުން.. އަދި އެއްދުވަހަކު އަހަރެންގެ ތެރޭގައި ހުރި އެ ކުއްޖާ ނެރެ ކުޑަކުދިންނަށް ފޮތްތަކަށް ލާން ހުވަފެނެއް ފެނުނެވެ". ކަމަށެވެ. މީގެ އިތުރުން ފޮތް ލިޔުމުގައި އެހީތެރިވި އެކުވެރިންނަށް ޝުކުރުވެސ އަދާކުރިއެވެ.
އާލިއާ ބަޓް އަކީ އެންމެ ނުފޫޒުގަދަ އެއް ބޮލީވުޑް ބަތަލާއެވެ.