ads
ޕީއެންސީއަށް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ދިވެހީންގެ ރާއްޖެ މަޖިލީހަށް މަރުހަބާ ޖަލްސާގެ ތެރެއިން - ފޮޓޯ:ޕީއެންސީ
ޅ. އަތޮޅުގެ ރައީސްގެ ގޮނޑި ހިމެނޭހެން އިންތީހާބަކާ ނުލައި ތިން ގޮނޑި ޕީއެންސީއަށް
އަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމެވި 3 ބައި-އިލެކްޝަނެއްގެ ގޮނޑި އިންތިހާބަކާ ނުލައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، އަށް ލިބިއްޖެ އެވެ.
Advertisement

ޕީއެންސީއަށް ލިބުނު ހުސްވެފައިވާ 3 ގޮނޑިއަކީ ޅ. ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުގެ ގޮނޑިއާއި، ޅ. އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއެވެ.

އީސީން ބުނީ، މި ތިން ގޮނޑިއަށް ވާދަކުރަން އެ ކޮމިޝަނުން ހުޅުވައިލި ފުރުސަތުގައި އިތުރު އެއްވެސް ކެންޑިޑޭޓަކު ވާދަކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އެ ތިން ބައި-އިލެކްޝަން ވެސް ވެރިކަންކުރާ ޕީއެންސީން ކާމިޔާބުކުރިކަން އީސީން ވަނީ އިއުލާނުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ނިންމަވާފައިވަނީ 10 ބައި-އިލެކްޝަނެއް އަންނަ މަހު 20 ގައި ބޭއްވުމަށެވެ. މީގެ ތެރޭގައި 8 ލޯކަލް ކައުންސިލް ބައި-އިލެކްޝަނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 2 ބައި-އިލެކްޝަނެއް ހިމެނެ އެވެ.

ނަމަވެސް އިންތިހާބަކައި ނުލައި 3 ބައި-އިލެކްޝަނެއްގެ ގޮނޑި ޕީއެންސީއަށް ލިބުމާއެކު، ޖުލައި 20ގައި މިހާރު އޮންނާނީ 6 ލޯކަލް ކައުންސިލް ބައި-އިލެކްޝަނެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށް ދާނީ ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ. 

އަދި ރަސްމީ ނަތީޖާ އިއުލާނުކުރަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް