ads
މިހާރު ކުރިއަށްދާ ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ސިޑްސް ދަތުރުފުޅަށް ހަރަދުވީ 3.8 މިލިއަން
އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރު ވަނަ މަހާސިންތާގައި ސަރުކާރުގެ ވަފުދު ބައިވެރިވާން 3.8 މިލިއަން ހަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުން ބުނީ މުޅި ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށެވެ. އެއީ ޓިކެޓް ހަރަދާއި ދަތުރުފަތުރާއި ހުރުމާއި ފަރިއްކޮޅާއި ޕޮކެޓްމަނީ އާއި ސްޓޮޕް އޯވާ އަދި އިންސިޑެންޓަލް ހަރަދުތައް ހިމަނައިގެންނެވެ. ސިޑްސްގެ ކޮންފަރެންސްގައި ބައިވެރިވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި 16 ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެ އެވެ. 

  • ޓިކެޓް ހަރަދު (16 ބޭފުޅުން) - 2،644،485.88
  • ޓްރާސްޕޯޓް ހަރަދު - 271،956.52
  • އެކަމޮޑޭޝަން - 618،043.67
  • ޕޮކެޓްމަނީ (16 ބޭފުޅުން) 141،312.00
  • ފަރިއްކޮޅު - 164،014.17
  • ސްޓޮޕް އޯވާ - 18،468.00
  • އިންސިޑެންޓަލް ހަރަދު - 6134.70
  • މުޅި ޖުމްލަ - 3،864،414.94

މި ދަތުރުފުޅުގެ ހަރަދުތައް ހާމަކޮށްފައިވަނީ ރައީސްގެ ސިޔާސަތުތަކުގެ ތެރެއިންނެވެ. 

ކުދި ގައުމުތަކުގެ މެދުގައި ކޮންމެ 10 އަހަރަކުން ބާއްވާ އެ ކޮންފަރެންސް އަށް ރާއްޖެއިން ވަޑައިގަތް ވަފުދުގެ އެންމެ އިސްވެރިއެއް ގޮތުގައި، ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ކުދި ޖަޒީރާތަކުގެ މި ކޮންފަރެންސްފައި އ.ދ. ގެ 37 މެމްބަރު ގައުމު ބައިވެރިވި އެވެ. ކޮންފަރެންސް ކުރިއަށް ގެންދިޔައީ އެންޓިގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ކޮންމެ 10 އަހަރަކުން އެއްފަހަރު ބާއްވާ ކޮންފަރެންސެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް