ads
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް އެޑްވާޑް، ސާޖިދާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް އެޑްވާޑް، ސާޖިދާގެ އަރިހަށް
ދަ ޔުނައިޓަޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ޑރ. އެޑްވާޑް އަޑާއި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްދަލުކުރައްވައިފި އެވެ.
Advertisement

ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ ކުޑަކުދިންގެ ތަރައްގީއަށް ބޭނުންވާ އެކިއެކި ކަންކަމުގައި ޔުނިސެފުން ދެއްވަމުންގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފަ އެވެ.

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ދެއްކެވި ވާހަކަައިގައި ރައީސްގެ އަނބިކަނބަލުން ޔުނިސެފްގެ ކަންކަމަށް ދެއްވާ އަހައްމިޔަތާއި އެއްބާރުލުން ފާހަގަކުރައްވައި އަދި އެކަމަނާގެ ހިންގުންތެރިކަމަށް ތައުރީފު ކުރެއްވިކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދީ އިޖުތިމާއީ ހިދުމަތްތަކަށާއި އިގުތިސާދީ އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ތައުރީފުކުރިކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

މިދިޔަ 20023 ވަނަ އަހަރުގެ ނޮވެންބަރ 24 ވަނަ ދުވަހު ބޭއްވި "ވަރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން"ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ބައިވެރިވެވަޑައިގެންނެވުން ފާހަގަކޮށް އެ މުބާރާތުގެ ޑިޖިޓަލް ކޮޕީއެއް މި ބައްދަލުކުރެއްވުމުގެ ތެރެއިން އެކަމަނާއަށް އެރުވި އެވެ. 

ރައީސްގެ އަނބިކަނބަލުންނާއި ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކުޑަކުދިންގެ ރައްކާތެރިކަމައި އެކުދިންގެ ހައްޤގުތައް ރައްކާތެރިކުރުމާއި އެކުދިންގެ ތަރައްގީއާ ގުޅޭ އިޖުތިމާއީ އެކިއެކި މައްސަލަތަކާ ގުޅޭގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް