ads
އުޝާމް
އިޒްރާއީލް ޕާސްޕޯޓް މަނާކުރަން މީކާއިލް ހުށައެޅި ބިލަށް ސަރުކާރުން އިސްލާހުތަކެއް
އިޒްރާއީލް ޕާސްޕޯޓް މަނާކުރަން އިދިކޮޅު އެމްޑީޕީގެ މެމްބަރު މީކާއިލް އަހްމަދު ހުށައެޅި ބިލަށް ސަރުކާރުން އިސްލާހުތަކެއް ހުށައަޅާނެކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
Advertisement

މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު) ގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ) ކަމަށެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ހިއްސާކުރަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ ސަރުކާރުގެ ވިސްނުންވެސް ހުރީ މީކާއިލް އިސްލާހު ކުރަން ހުށައެޅި އިމިގްރޭޝަންގެ ގާނޫނުގެ އެ މާއްދާއަށް ބަދަލުތައް ގެންނަން ކަމަށެވެ. އެހެންނަމަވެސް މަޖިލީހަށް މެމްބަރަކު ބިލެއް ހުށައަޅާފައިވަނިކޮށް އެކަމާއި ގުޅޭ އިތުރު ބިލެއް ހުށަނޭޅޭނެތީ ސަރުކާރުގެ ވިސްނުމަކީ ކޮމެޓީ މަރުހަލާއަށް އިސްލާހުތަކެއް ހުށައެޅުން ކަމަށެވެ. 

" އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މިހާރު އޮތް ބިލު ބަލައިގަނެފައި ކޮމިޓީ މަރުހަލާގައި އިސްލާހު ކުރުމޭ އެންމެ ރަނގަޅު ގޮތަކަށްވާނީ. އެހެންވީމާ ސަރުކާރުން އިތުރު ބިލެއް ދެން ހުުށަނާޅާނެ. " ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.

އޭޖީ ވިދާޅުވީ މިހާރު ބިލް އޮތް ގޮތުން މައިގަނޑު ކަންބޮޑުވުމަކީ އިޒްރާއީލްގައި ދިރިއުޅޭ ފަލަސްތީނު މީހުނަށްވެސް ރާއްޖެ ނާދެވޭނެތީ އެ މައްސަލަކަމަށެވެ.

"ބައެއް ބޭފުޅުންގެ ހަމަ ވަރަށް ބޮޑު ކަންބޮޑުވުމެއް އެއީ މިހާރު ބިލު ހުށަހެޅިފައި އޮތް ގޮތުން، އިޒްރޭލުގެ ޕާސްޕޯޓް ހޯލްޑްކުރާ ފަލަސްތީނުގެ ވަރަށް ބައިވަރު ރައްޔިތުން ވެސް އެބަތިބި، މިލިޔަނުން ގުނައިލެވޭ، އެހެންވީމާ ބްލެންކެޓް ބޭނެއް އަޅުގަނޑުމެން އެހެން ކޮށްފިކަމުގައި ވަނީ ނަމަ ކިހިނެތްތޯ ވާނީ، މިއީ ކުޑަކޮށް ވިސްނައިލަން ޖެހޭ ކަހަލަ ކަންކަން،" އޭޖީ އުޝާމް ވިދާޅުވިއެވެ.

އިޒްރާއީލް ޕާސްޕޯޓް މަނާކުރަން މީކާއިލް ހުށައެޅި މައްސަލަ މަޖިލީހުން ބަލައިގަނެ ދިރާސާކުރަން ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް