މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުން މަޖލީހހުގެ އިދާރާގައެވެ. މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އިތުރުން މަޖިލީހުގެ މެޖޯރިިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި ޕީއެންސީއަށް ނިސްބަތްވާ އެހެން ބައެއް މެމްބަރުން ވަނީ ބައިވެރިވެފައެވެ.
ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ ވައިސް ޗެއަރމަން، ބަޓީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ އިއްޔެއެވެ. އޭނާއަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމެވެ.
ބަޓީގެ މި ދަތުރުގައި އޭނާ ރައީސް ޑރ މުހައްމަދު މުއިއްޒާ ބައްދަލުކުރައްވާނެއެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އޭނާގެ މި ދަތުރު ނިންމާލުމަށްް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.
ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ) އަކީ އެ ގައުމުގެ ޕޮލިޓިކަލް އެޑްވައިޒަރީ ބޯޑެކެވެ. އެ ބޯޑުގެ މަސައްކަތަކީ ސިޔާސީ އަދި އިޖުތިމާއީ ކަންކަމާއި ގުޅޭ ޕްރޮޕޯޒަލްތައް ޗައިނާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ ލަފާ ދިނުމެވެ