
މި ފައިސާ ހަދިޔާ ކުރީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ހިމެނިވަޑައިގަންނަވާ ގޮތަށް ގިނަ އަދެދެއްގެ ޕީއެންސީ މެމްބަރުން ޓީވީއެމް ސްޓޫޑިއޯއަށް ގޮހެވެ.
"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުން ހަދިޔާކުރި 200،000 ރުފިޔާ ހަވާލުކޮށްދެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޓެލަތޯނަށް އެހީވަނީ
މަޖލީހުގެ ރައީސްގެ ހައްސިއްޔަތުން އަބްދުއްރަހީމްވެސް ވަނީ މި ފަނޑަށް ފައިސާގެ އެހީ ދެއްވާފައެވެ. އެހީ ދެއްވުމަސް ފަހު އަބްދުއްރަހީމް އެދިވަޑައިގަތީ، ފަލަސްތީނުގެ މައްސަލައަކީ ދިވެހި ރައްޔިތުންގެ ހިތާ އެންމެ ކައިރިން ވިންދު ޖަހާ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއްކަން ފާހަގަކުރައްވާ، މި ޓެލެތޯންގައި އެންމެހާ ދިވެހީން ބައިވެރިވެވަޑައިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދިނުމަށެވެ.
މިއަދު ހެނދުނު 8 ޖެހިއިރު ފެށު މި ޓެލެތޯން ކުރިއަށް ދާނީ މިރޭ 12 ޖެހުމާ ހަމައަށެވެ. މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށިވަނީ ބަހައްޓާފައެވެ.
މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.