ads
ބޯޓް ވެއްޓި މަލާވީގެ ނައިބު ރައީސް އަވަހަރާވެއްޖެ
ދަތުރު ކުރެއްވި ބޯޓް ވެއްޓި މަލާވީގެ ނައިބު ރައީސް ޝިލިމާ އަވަހާރަވެއްޖެ
ދަތުރު ކުރެއްވި ބޯޓް ވީނުވީއެއް ނޭނގި އިއްޔެ ގެއްލިފައި ވަނިކޮށް އެ ބޯޓް ވެއްޓި މަލާވީގެ ރައީސް ސައުލޯސް ޝިލިމާ އަވަހާރަވިކަން އިއުލާނުށްފި އެވެ.

ހަތް ފަސިންޖަރުންނާއި ތިން އަސްކަރީ ފަޅުވެރިންނާއެކު ދަތުރުކުރި މި ފްލައިޓް ރާޑަރުން ގެއްލުނީ ހޯމަ ދުވަހުގެ ހެނދުނު ވެރިރަށް ލިލޮންގްވޭ އިން ފުރުމަށް ފަހު އެވެ.

ފުރި ފަހުން ސިގްނަލް ގެއްލި، ބޯޓް ހޯދަމުން ދަނިކޮށް ބޯޓް ވެއްޓުނުކަން އިއުލާންކޮށް، މަލާވީގެ ރައީސް ލަޒަރުސް ޗަކްވޭރާ ވިދާޅުވީ ނައިބު ރައީސްގެ ހަށިގަނޑު ރެސްކިއު ޓީމުތަކަށް މިއަދު ފެނިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ މަތިންދާ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށާއި އެކަމުގައި މަލާވީގެ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ގޮތުގައި މަތިންދާ ބޯޓު ފެނުނު އިރު، ބޯޓު އޮތީ އެއްކޮށް ސުންނާފަތިވެފަ" ރައީސް ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން މަލާވީގެ ރައީސް ލަޒަރުސް ޗަކްވޭރާ ވަނީ ބަހާމާސް އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވައިފަ އެވެ.

ބޯޓު ގެއްލިފައިވަނީ ވަރަށް މޫސުން ގޯސްވެފައިވަނިކޮށް އުދުހެނިކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މަލާވީގެ ދަތުރުކުރެއްވީ ކުރީގެ އެޓާނީ ޖެނެރަލްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެ އެވެ. 

މަލާވީ އަކީ އިރު ދެކުނު އެފްރިކާގައި، ގާތްގަނޑަކަށް 18.6 މިލިއަން މީހުން ދިރިއުޅޭ ގައުމެކެވެ. އުމުރުން 51 އަހަރުގެ ޗިލިމާ މަލާވީގެ ނައިބު ރައީސްކަން 2014 ވަނަ އަހަރުން ފެށިގެން ދަނީ ކުރައްވަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް