ads
ސަގާފީ ގިނަ ހަރަކާތްތަކާ އެކު، މިފަހަރު ހުޅުމާލޭގައި ކުލަގަދަ އީދެއް ފާހަގަކުރަން އެޗްޑީސީން ދަނީ ތައްޔާރުވަމުން - ފޮޓޯ:އެޗްޑީސީ
ސަގާފީ ގިނަ ހަރަކާތްތަކާ އެކު، މިފަހަރު ހުޅުމާލޭގައި ކުލަގަދަ އީދެއް
ތަފާތު ގިނަ ހަރަކާތްތަކާ އެކު މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

"މައި ހުޅުމާލެ އީދު އުފާ ޕަވާޑް ބައި ދިރާގު" ނަމުގައި ތިން ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ މި އިވެންޓަކީ ދިވެހިންގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކާ އެކު ކުރިއަށް ގެންދާ އިވެންޓެކެވެ. މި އިވެންޓުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ހަމަޖެހިފައި ވަނީ ދިރާގެވެ. އަދި ގޯލްޑް ސްޕޮންސަރުގެ ގޮތުގައި ޝީޝާ މޯލްޑިވްސް އެވެ.

އެޗްޑީސީން ބުނީ ބޮޑު އީދުގެ ފޯރިގަދަ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ، އީދު ވެދުމާ ދިޔުމުގެ ފޯރިގަދަ ހަރަކާތުން ކަމަށެވެ. ހުޅުމާލޭގައި މި އަހަރުގެ ބޮޑު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައި ވަނީ ފިޔަވަހި އެކެއްގެ ސިންތެޓިކް ޓްރެކް އަދި ފިޔަވަހި ދޭއްގެ ކްރިކެޓް ސްޓޭޑިއަމްގައި ކަމަށް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ބުނެފައި ވަނީ އީދު ނަމާދަށް ފަހު ސިންތެޓިކް ޓްރެކުގައި ދިރާގު އީދު ބޮނޑިބަތް އޮންނާނެ ކަމަށެވެ.


އާދިއްތަ އަދި ހޯމަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީދުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ދިވެހިންގެ ދުވަސްވީ ސަގާފަތް ދައްކުވައިދޭ ބޮޑު މަސް ދުއްވުން، މާލި ޕެރޭޑު އަދި ކޯޑިކެޑުން ފަދަ ތަފާތު ހަރަކާތްތައް ހިމެނޭ ކަމަށް އެޗްޑީސީން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި މި އީދު އުފާ ކުޅިވަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި ހަވާއެރުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމުގަ އެވެ. މި ހަރަކާތްތަކުގެ އިތުރުން ދިވެހި ފަންނާނުންގެ ލައިވް މިއުޒިކް ހުށަހަޅައިދޭ ދިރާގު އީދު ޝޯ އަކީ މި އީދުގެ ފޯރި އިތުރަށް ގަދަވާނެ އެއް ހަރަކާތް ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ މި އީދު ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އީދު ހަދިޔާގެ ގޮތުގައި ޝީޝާ މޯލްޑިވްސްގެ ފަރާތުން 160 ސީސީ އެއާ ބްލޭޑް ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ތަފާތު އެކި ހަރަކާތްތަކާ އެކު ކުރިއަށް ގެންދާ "މައި ހުޅުމާލެ އީދު އުފާ" އާއެކު މި އަހަރުގެ ބޮޑު އީދު ވާނީ ވަރަށް ފޯރިގަދަ އީދަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

މި އަހަރުގެ އަރަފާތު ދުވަހަކީ މި ހިނގާ ޖޫންމަހުގެ 15ވާ ހޮނިހިރު ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ 16 ޖޫންވާ އާދިއްތަ ދުވަހެވެ. ބޮޑު އީދާ ދިމާކޮށް ލިބޭ ޗުއްޓީގައި ހަފްތާ ބަންދުގެ ދުވަސްތައް ހިމަނައިގެން ނުވަ ދުވަސް ލިބެ އެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ބޮޑު އީދުގެ ޗުއްޓީ ފެށޭނެ އެވެ. ބޮޑު ބަންދަކަށް ފަހު ދެން ސަރުކާރު ހުޅުވޭނީ މި މަހުގެ 23 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް