ads
ގާޒާގައި ހަމަލާތައް ހުއްޓާލަން ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ވޯޓަށް އަހަނީ. -- ފޮޓޯ: އޭއެފްޕީ
ހަނގުރާމަ ހުއްޓާލަން ގޮވާލާ އެެމެރިކާއިން ހުށަހެޅި ގަރާރު ސަލާމަތީ މަޖިލީހުން ފާސްކޮށްފި
އިސްރާއީލުން ގާޒާގައި ހިންގަމުންދާ އުދުވާނީ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ތާއީދުކޮށްފި އެވެ.

ސަލާމަތީ މަޖިލީހުގެ 14 މެންބަރުންގެ ތާއީދު ލިބުނު މި ގަރާރުގައި އެމެރިކާގެ ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށް ބުނެފައިވެ އެވެ. 

އެމެރިކާގެ އެ ހުށަހެޅުމަށް ވޯޓު ނުދެނީ ހަމައެކަނި ރަޝިއާއިންނެވެ.

ރަޝިޔާއިން ވަކި ކޮޅަކަށް ވޯޓު ނުދިން މި ގަރާރުގައި ބުނެފައިވަނީ މެއި 31 ގައި ބައިޑެން ހުށަހެޅުއްވި ޕްލޭން ދެ ފަރާތުން ވެސް ޝަރުތަކާނުލައި އަދި ލަސްކުރުމަކާ ނުލައި ތަންފީޒުކުރުމަށެވެ.

މިގޮތަށް އިޒްރޭލް އެއްބަސްވެފައިވާ ކަމަށާއި އެހެންވެ ހަމާސް އިން ވެސް ޕްލޭނަށް އެއްބަސްވާން ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.

ވޯޓަށް ފަހު ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުމުގެ އުސޫލުތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން މެދުވެރިންނަށް އެއްބާރުލުން ދީ ނުސީދާ މަޝްވަރާތަކަށް ނުކުންނަން ތައްޔާރަށް އޮތް ކަމަށެވެ.

އެމެރިކާގެ ރައީސް ބައިޑަން ހުށަހަޅާފައިވާ ޕްލޭން ވަނީ ތިން ފިޔަވަސަކަށް ބަހާލައިފަ އެވެ. އެއީ:

  • ފުރަތަމަ ފިޔަވަހި: ހަ ހަފްތާ އަށް އިސްރާއީލުން ގާޒާއަށް ހަަމަލާތައް މެދުކަނޑާލުން، މި މުއްދަތުގައި ގާޒާގެ ބައިބޯ ހުރިހާ ސަރަހައްދަކުން އިސްރާއީލްގެ ސިފައިން ފޭބުން، އަދި ރަހީނުން މިނިވަން ކުރުމާއި ގައިދީން ބަދަލުކުރުން ވެސް އެ ފިޔަވަހީގައި ވަނީ ހިމަނައިފަ އެވެ.
  • ދެވަނަ ފިޔަވަހި: ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލުގެ މަރުވެފައިވާ މީހުންގެ ހަށިތައް އިސްރާއިލަށް ފޮނުވުން، މި ފިޔަވަހީގައި މަގުމަތިކޮށްފައިވާ ގާޒާގެ ހުރިހާ ރައްޔިތުންނަށް އެ މީހުން ނިސްބަތްވާ ސަރަހައްދުތަަކަށް ދިއުމަށް ފުރުސަތު ދިނުން، އަދި ދުވާލެއްގެ މައްޗަށް ބައިނަލްއަގްވާމީ އެކި ފަރާތްތައް މެދުވެރިވެ 600 ޓްރަކްގެ އެހީގެ ތަކެތި ގާޒާއަށް ފޮނުވަން ވަނީ ހިމަނައިފަ އެވެ.
  • ތިން ވަނަ ފިޔަވަހި: މި ފިޔަވަހީގައި ހަނގުރާމަ އެކީ ހުއްޓާލާ އިސްރާއީލުން މުޅި ގާޒާއިން ފައިބުން، ހަމާސް އިން ހިފަހައްޓާފައިވާ ބާކީ ތިބި އަސީރުން މިނިވަން ކުރުން. އަދި ބައިނަލްއަގުވާމީ ބައިވެރިވުމާ އެކު، ގާޒާގައި ގެދޮރާއި ސްކޫލްތަކާއި ހޮސްޕިޓަލުތައް އަލުން ބިނާކުރުން ވަނީ ހިމަނައިފަ އެވެ.

އިޒްރޭލުން އެމެރިކާގެ އެހީގައި ގާޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ (ޖެނޮސައިޑު)ގައި މިހާތަނަށް 36500 މީހުން ވަނީ މަރުވެފަ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް