ads
އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން
ބޮޑު އީދު ބަންދުގައިވެސް ޕާސްޕޯޓް ހިދުމަތް ދެނީ
ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި ޕާސްޕޯޓު ހިދުމަތްދޭން ނިންމާފައިވާކަމަށް އިމިގްރޭޝަން އިން ހާމަކޮށްފި އެވެ.

އެކްސްގައި ކުރި ޕޯސްޓްއެއް މެދުވެރިކޮށް އިމިގްރޭޝަންއިން ބުނީ އީދު ބަންދުގައި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަަމަޖެހިފައިވަނީ މިމަހުގެ 17 އިން ފެށިގެން 20 ގެ ނިޔަލަށް ކަމަށެވެ.

އެގޮތުން ޕާސްޕޯޓަށް އެދި ހުށަހަޅަން ހަަމަޖެހިފައިވަނީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ތެރޭ ކަމަށް ވާއިރު 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމާޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންއަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު އިމިގްރޭޝަނުން ހުޅުވާލާފައިވެ އެވެ.

މީގެ އިތުރުން ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ 16:00 އިން ފެށިގެންގޮސް 20:30 އަށް ކަމަށްވާއިރު ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަންއަށް ހާޒިރުވެ ވެސް ނަންބަރު ނެގޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެ ގަޑިތަކުގެ ތެރޭގައި ނަންބަރު ނެގުނުނަމަވެސް މެންދުރު 12:00 އިން ފެށިގެންގޮސް 12:45 އަކާ ހަމައަށްކަމަށް ނަަންބަރު ދޫކުރުން މެދުކެނޑޭނެކަމަށް އިމްގްރޭޝަނުން ބުނެއެވެ.

މެޑިކަލް އެމާޖެންސީ ހާލަތްތަކުގައި 95555333 އަށް ގުޅުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އަހަރުގެ އަރަފާތު ދުވަހަކީ މި ހިނގާ ޖޫންމަހުގެ 15ވާ ހޮނިހިރު ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ 16 ޖޫންވާ އާދިއްތަ ދުވަހެވެ. ބޮޑު އީދާ ދިމާކޮށް ލިބޭ ޗުއްޓީގައި ހަފްތާ ބަންދުގެ ދުވަސްތައް ހިމަނައިގެން ނުވަ ދުވަސް ލިބެ އެވެ. އަންނަ ހުކުރު ދުވަހުން ފެށިގެން ބޮޑު އީދުގެ ޗުއްޓީ ފެށޭނެ އެވެ. ބޮޑު ބަންދަކަށް ފަހު ދެން ސަރުކާރު ހުޅުވޭނީ މި މަހުގެ 23 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް