ads
ރައީސް ޑރ. މުއިއްޒު އިންޑިޔާގެ ބޮޑު ވަޒީރު އަރިހުގައި
ދަތުރު ކާމިޔާބު، ރާއްޖެއަށްް ކުރިޔަށްވުރެވެސް އިންޑީއާ ރަނގަޅުވެގެންދާނެ : މުއިއްޒު
އިންޑިއާއަށްް ކުރެއްވި ދަތުރު ވަރަށް ކާމިޔާބުކަށާއި ކުރިޔަށްވުރެވެސް އިންޑީއާ ރާއްޖެއަށް ރަނގަޅުވެގެންދާނެކަމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ދަތުރު ނިންމާލުމުގެ ކުރިން އެގައުމުގައި ހުންނަވާ ދައުލަތުގެ މީޑިއާއަށްް ދެއްވި އިންޓަވިއުއެއްގައެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންޑިއާއަށް ވަޑައިގެންނެވުނީތީ އުފާކުރައްވާކަމަށެވެ. އަދި މި ދަތުރަކީ ދިވެހި ރާއްޖޭއާ މި ސަރަހައްދަށްވެސް ވަރަށް ކާމިޔާބު ދަތުރެއްކަމަށެވެ. މި ދަތުރުގައި ބައްދަލުވުންތަކެއް ބޭއްވުނީތީ އެކަމާއި އުފާކުރައްވާކަންވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. 

" ރާއްޖެއަށްް އިރާދަކުރެއްވިއްޔާ ރަނގަޅު ކަންތައްތައް ކުރިޔަށް އޮތް ތާނގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން، ކުރިޔަށްވުރެވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވެގެންދާނެކަމަށް އަޅުގަނޑު ޔަގީންކުރަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގެ ތެރެއިން އިތުރު ކަންކަން ފަހިވެގެންދާނެކަމަށެވެ. 

" ދިވެހި ރާއްޖެއަށް އެންމެ ރަނގަޅުގޮތް، ދިވެހި ރައްޔިތުންނަށް އެންމެ ހެވާ ލާބަ ލިބޭގޮތަށް އަޅުގަނޑުމެން ދެ ގައުމުގެ ގުޅުމުގެ ތެރެއިން އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ބެންކުއެޓްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެ ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒެވެ. ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް އެވެ.  

ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުން އާންމު ގޮތެއްގައި ވެރިކަމުގެ ކުރީކޮޅު އިންޑިއާއަށް ރަސްމީ ދަތުރު ކުރެއްވި ނަމަވެސް މިހާތަނަށް އައިއިރު އެފަދަ ދަތުރެއް ރައީސް މުއިއްޒު ކުރައްވާފައި ނުވެ އެވެ. މިއީ އެމަނިކުފާނު އިންޑިއާއަށް ރަސްމީ ހައިސިއްޔަތެއްގައި ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް