ads
މި އަހަރުގެ ސަޓާ އެވޯޑުގެ ޕާޓްނަރުންނާ އެކު ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ސަޓާ
މި އަހަރުގެ ސަޓާ އެވޯޑުގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފި
މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) ގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފި އެވެ.

ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑަކީ 2016 ވަނަ އަހަރު ތައާރަފު ކުރެވުނު އެވޯޑެކެވެ. ދެކުނުގެ އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ހަރަކާތުގައި މި ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވެ އެވެ.

ސަޓާއިން ވަނީ ވިޒިޓާސް ޗޮއިސް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑުގެ ގޮތުގައި މި އަހަރު އިތުރު ދެ އެވޯޑެއް ދިނުމަށް ނިންމާފަ އެވެ. މިއީ ސަޓާ އެވޯޑު ބާއްވާ އަށް ވަނަ އަހަރެވެ.

މި އަހަރުގެ ސަޓާ އެވޯޑުގެ ޕާޓްނަރުންނަކީ:

  • ޕްލެޓިނަމް ޕާޓްނަރު - ގަލްފް ކްރާފްޓް
  • ގޯލްޑް ޕާޓްނަރު - ހޯކްސް ޕްރައިވެޓް ލިމިޓެޑް
  • ގޯލްޑް ޕާޓްނަރު - ހޮޓެލްސް އެންޑް އެންޑް ރިސޯޓްސް އިންވެސްޓްމަންޓްސް މޯލްޑިވްސް
  • ގޯލްޑް ޕާޓްނަރު - މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
  • އިންޝުއަރެންސް ޕާޓްނަރު - އެލައިޑް އިންޝުއަރެންސް
  • ހޮސްޕިޓާލިޓީ ޕާޓްނަރު - މެންހަޓަން ބިޒްނަސް ހޮޓެލް
  • އެންޑޯސްމަންޓް ޕާޓްނަރު - މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)

މި އެވޯޑު ދޭނީ ސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުން ހޮވާ ފަރާތްތަކަށެވެ. އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތެރޭގައި ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗަ ޑެސްޓިނޭޝަން އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން، ލީޑިން ޑައިވް ސެންޓަ، ލީޑިން ބީޗް ހޮޓެލް/ރިސޯޓު، ލީޑިން ލަގްޒަރީ ހޮޓެލް/ރިސޯޓު، ލީޑިން ފެމިލީ ރިސޯޓު، ލީޑިން ޓްރެވެލް އެޖެންޓް، ލީޑިން ބިޒްނަސް ހޮޓެލް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް