ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު މާރިޔާ
މަތީތައުލީމު ލޯނަށް 1709 ފަރާތަކުން ހުށަހެޅި، ޝަރުތުހަމަވީ 1153 ދަރިވަރުން
2024 ވަނަ އަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި 1709 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު ޝަރުތުހަަމަވީ 1153 ދަރިވަރުންކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިއަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅި ފަރާރްތަކުގެ ނަތީޖާ އިއުލާންކުރުމަށް މިއަދު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ.

މިއަހަރު ހުޅުވާލި ފުރުސަތުގެ އަދަދަކީ 500 ޖާގަ ކަމަށާއި، އެޕްލިކޭޝަން ލިބުނީ 1709 ފަރާތަކަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި 1153 ފަރާތެއް ލޯނަށް ޝަރުުތުހަމަވާ އިރު މި އަހަރުގެ ލޯނު ސްކީމަށް މިހާތަނަށް ހޮވިފައިވާ ދަރިވަރުންގެ އަދަދަކީ 1015 އެވެ. އެގޮތުން ލޯނު ސްކީމަށް ހޮވާލެވުނު ފަރާތްތަކަށް ބުރާސްފަތިދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ " ސްޕޮންސަރ ލެޓަރ" ލިބިގެންދާނެކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

ނަތީޖާގައި ޑިސްކޮލިފައިވި ދަރިވަރުން ޑިސްކޮލިފައިވި ސަބަބު ބަޔާން ކޮށްފައި ވާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ ނަތީޖާ އާއި މެދު ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހަށް ހުޅުވާލާފައިވާކަމަށެވެ.

ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވެ އެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދެމުން އަންނަ މަތީ ތައުލީމު ލޯނަށް އެދުމުގެ މުއްދަތު އިތުރުކުރީ އޭޕްރީލް މަހުގަ އެވެ. މާޗް 28 ވަނަ ދުވަހު ހުޅުވާލި ފުރުސަތު އޭޕްރީލް 24 ވަނަ ދުވަހަށް ހަމަވުމާ އެކު ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ މުއްދަތު ފެށޭ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 1:30 އާ ހަަމައަށް އިތުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް