ads
20 ވަނަ ރައްޔިތުންގެ މަޖިލިސް
ސޮވެރިން ފަންޑުގެ ބިލް އަނެއްކާވެސް މަޖިލިހަށް ހުށަހަޅައިފި
މިދިޔަ މަޖިލީހަށް ބޭރުކޮށްލި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ބިލް އާ މަޖިލިހަށްް އަނެއްކާވެސް ސަރުކާރުން ހުށައަޅަފިއެވެ.

މި ފަހަރު މަޖިލިހަށް އެ ބިލް ހުށައެޅީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުއެވެ.

މިދިޔަ 19 ވަނަ ރައްޔިތުން މަޖިލީހަށްވެސް ސަރުކާރުގެ ފަރާތުން މި ބިލް ހުށައެޅިއެވެ. އޭރު ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ނަސީމް ހުށަހެޅުއްވި މި ބިލް މަޖިލީހަށް ބަލާގަތުމަށް ވޯޓު އެއްވަރުވުމުން ގޮތް ނިންމީ ރިޔާސަތުގައި އިންނެވި އަހްމަދު ސަލީމްގެ ވޯޓާއެކުގައެވެ. ސަލީމް ނިންމެވީ ބިލު މަޖިލީހުން ބޭރުކޮށްލާށެވެ.  

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު ބިލް މަގުސަދެއްކަމަށް ބުނެފައިވަނީ  ދައުލަތުގެ މުއްސަންދިކަން އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށްޓަކައި، ފަންޑެއް ޤާއިމްކޮށް އެ ފަންޑު ހިންގުމާއި ގުޅުން ހުރި އުސޫލްތައް ޤާއިމު ދައުލަތުގެ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ބަޔާންކުރުމެވެ. 

ބިލުގައިވާ ގޮތުން މި ފަންޑަށް ފައިސާ ޖަމާ ކުރެވޭނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފަންޑަށް ޖަމާވާ ފައިސާ އާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް ލިބޭ 10 އިންސައްތަ އާ ސޮވެރިން ގެރެންޓީ ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުންގަވަނިން ކައުންސިލުގެ ލަފާގެ މަތިން ރައީސުލްޖުމުހޫރިއްޔާ ފަންޑަށް ޖަމާކުރަން ކަނޑައަޅާ ފައިސާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް