ads
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމު
އިޒްރާއީލް މައްސަލަ އެމްޑީޕީން ހުށައެޅި ޕީއެންސީ ވެރިކަން ނިންމަކަށް ގެނައުމަށް : ގާސިމް
އިޒްރާއީލް މައްސަލަ އިދިކޮޅު އެމްޑީޕީން ހުށައެޅީ މިހާރު ޮއތް ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްް ކަމަށް ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެެެވެ.

އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުުރަން ނިންމަން، އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ބިލުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފަށާފައެވެ. 

މި ބަހުސްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މި ސިޔާސީ ބޭނުމުގައި އިދިކޮޅު އެމްޑީޕީން ހުށައަޅާފައިވާ ބިލެއްކަމަށެވެ. 

" އަޅުގަނޑު ގަބޫލުރާ ގޮތުގައި ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށްޓަކައި ހުށައެޅިފައިވާ މައްސަލައެއް" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސީމް ވިދާޅުވީ އިޒްރާއީލު މީހުން  ނުވަތަ ޔަހޫދީންނަށް ނާދެވޭ ގޮތަށް ނިންމާ ނިންމަކީ ﷲ ފޮނުއްވި ރަސޫލަކަށްް އިމާންވި ބައެއް ނާދެވޭނެ ގޮތަށް ނިންމާ ނިންމުމެއްކަމުން އެކަމާއި މެދު ވަރަށް ފުންކޮށް ވިސްނަންޖެހޭކަމަށެވެ. 

" އިޒްރާއީލުގެ ނެޝަނެލިޓީ އޮތް މީހަކަށް މި ރާއްޖެއަށްް ނާދެވޭ ގޮތަށް އަޅުގަނޑުމެން ނިންމާލާއިރު އޭގެ މާނައަކީ ޔަހޫދީންނަށްް ނާދެވޭ ގޮތަށް ނިންމާ ވާހަކަ އެ ވިދާޅުވަނީ. ކުރި ގޮތަކަށް ބުނާނަމަ. އެހެންވީމާ އެއީ ﷲ ބާއްވާލާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާންވެފައިވާ ބަޔަކަށް ވީ ހިނދު އަޅުުގަނޑޑުމެންނަސް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާއި މެދު ވަރަށް ފުންކޮށް އެ ނަޒަރިއްޔާތާއި މެދު އެކަމާއި މެދު ވަރަށް ފިކުރުވެރިކަމާއި ެއެކު ވިސްނާލަންޖެހޭނެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެގޮތަށް ވިސްނަންޖެހޭނީ ފަލަސްތީނު ރައްޔިތުން ތަހަމްލުކުރަމުން ދާ އަނިޔާވެރިކަން ހިތައް ނުގެންނާތީ ނޫންކަމަށެވެ. ގާސިމް ވިދާޅުވީ އިޒްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތަކީ ވަރަށް ވިސްނުންތެރިކަމާއި އެކު ނޫން ގޮތަކަށް ނުކުރެވޭނެކަމެއްކަމަށެވެ. 

މި މައްސަލާގައި ސަރުކާރުގެ ވިސްނުމާއި މެދު އެއްޗެއް ބުނަން ބޭނުން ނުވާކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މަންދޫބުގެން ގޮތުގައި މަޖިލީހުގައި ތިބި މެމްބަރުން ނިންމާ ނިންމުން ވާންވާނީ ރާއްޖޭގެ މުސްތަގުބަލާއި އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް ވިސްނައިގެން ނިންމާ ނިންމުމަކަމަށް ގާސިމް ވިދާޅުވިއެވެ. 

" ސަލާމަތުން ތިބެގެން މެނުވީ އެއްވެސް ކަމެއް ނުކުރެވޭނެ އިނގޭތޯ. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން ވިސްނަން ޖެހޭ ހުރިހާ ވިސްނުމެއް. ހުރިހާ އޭންގަލަކުން ވިސްނާފައި ވަރަށް ކެތްތެރިކަމައި އެކީ މި ފިޔަވަޅު އަޅަންޖެހޭނީ." ގާސިމް ވިދާޅުވިއެވެ.

އިޒްރާއީލް ޕާސްޕޯޓް މަނާކުރަން މަޖިލީހަށް ހުށައެޅި ބިލް 241 ކޮމެޓީއަށް ފޮނުވުމަށް ސަރުކާރު މެމްބަރުން ވަނީ ހުށައަޅާފައެވެ. މި ހުށައެޅުމަށް ވޯޓަށް އަހާނީ މިއަދުގެ ވޯޓްގެ ގަޑީގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް