ފަސް ސެޓަށް ދިޔަ ފްރެންޗް އޯޕަންގެ ފައިނަލް މެޗު ހަތަރު ގަޑިއިރަށް ދެމިގެން ދިޔައެވެ.
މި މެޗު، މުބާރާތުގެ ތިންވަނަ ސީޑް އަލްކަރާޒް ކާމިޔާބުކުރީ 6-3، 2-6، 5-7، 6-1 އަދި 6-2 އިންނެވެ.
މިއީ އުމުރުން 21 އަހަރުގެ އަލްކަރާޒްގެ ފުރަތަމަ ފްރެންޗް އޯޕަންއެވެ. މީގެ ކުރިން އޭނާވަނީ ޔޫއެސް އޯޕަން އަދި ވިމްބަލްޑަން ކާމިޔާބުކޮށްފަ އެވެ. ފްރެންޗް އޯޕަން ކާމިޔާބު ކުރުމާއެކު އަލްކަރާޒް ވެފައިވަނީ ޓެނިހުގެ ތަފާތު ތިން ސާފަސްގައި ތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.