ބޮލީވުޑުގައި ކާމިޔާބު ވެފައިވާ މިންވަރަށް، ސިޔާސީ މައިދާނުގައި ވެސް ކާމިޔާބު ވެވޭނެ ކަމަށް އޭނާ ޤަބޫލުކުރާ ކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ. ޖޫން 1 ވަނަ ދުވަހު، ހިމާޗަލް ޕްރަދޭޝްގައި ވޯޓުލުން ކުރިއަށް ދަނެއެވެ.
ކަންގަނާ ވަނީ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ވީޑިއޯއެއް އިންސްޓަގްރާމްގައި ޝެއާކޮށްފަ އެވެ. އަދި ފިލްމު ތައްޔާރުކުރުމުގެ ދަތިތަކާ އަޅައިބަލާއިރު، ސިޔާސީ ހަރަކާތްތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
ނަމަވެސް މި ގޮންޖެހުންތަކާއެކު ވެސް ކަންގަނާ ވަނީ އިންތިޚާބީ ވަޢުދުތައް ފުއްދާނެކަމުގެ ޔަގީންކަން ދީފައެވެ. ބޮލީވުޑުގެ މައިދާނުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކުން ލިބުނު ޖޯޝާއެކު، ރައްޔިތުންގެ ތާއީދާއެކު، މި އިންތިޚާބުން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން އޭނާ ވަނީ ހާމަކޮށްފައެވެ.