ބޮލީވުޑުގެ ތަރި ޖާންވީ ކަޕޫރު، ކަރަން ޖޯހަރުގެ ޝޯއެއްގައި ވާހަކަ ދައްކަމުން ޅަ އުމުރުން ސެކްޝުއަލައިޒްވި ހާދިސާއަކާ ބެހޭ ގޮތުން މަޢުލޫމާތު ހާމަކޮށްފިއެވެ.
ޖާންވީ އާއި އޭނާގެ މަންމަ ސްރީދޭވީ، އިވެންޓަކަށް ދިޔަ ތަނުން 12 ނުވަތަ 13 އަހަރުގެ ޖާންވީގެ ފޮޓޯތަކެއް ނަގައި، "ޕޯނޮގްރަފިކް ސައިޓެއް" ކަހަލަ ތަނެއްގައި ޝާއިޢުކުރިކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ އޭރު އެފަދަ ފޮޓޯތަކެއް ބަރަހަނާ ސައިޓެއްގައި ޝާއިއު ކުރުމުން ވަރަށް ކަންބޮޑުވެ ޑިޕްރެސްވިކަމަށެވެ.
މިވަގުތު ޖާންވީ އުޅެނީ "މިސްޓަރ އެންޑް މިސިސް މާހީ" ފިލްމުގެ ޕްރޮމޯޝަންތަކުގަ އެވެ. މި ފިލްމުގައި އޭނާ ކުޅެނީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލެކެވެ. ޖާންވީއާއެކު ފިލްމުގައި ރާޖްކުމާ ރާއޯ ވެސް ބައިވެރިވެއެވެ.