ads
ހެރީ ކޭން އަދި ހޮއިލަންޑް
ބޭނުންވީ ހެރީކޭން، ލިބުނީ ހޮއިލަންޑް
މެންޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑު ލައިނަށް އިނގިރޭސި ކެޕްޓަން ހެރީ ކޭން ގެންނަން ބޭނުންވި ނަމަވެސް އެ މަގާމަށް ލިބުނީ ރަސްމުސް ހޮއިލަންޑް ކަމަށް ކޯޗު އެރިކް ޓެން ހޭގު ބުނެފިއެވެ.

އިންގްލެންޑްގެ ކެޕްޓަން ކޭން، އޭނާގެ ޒަމާންވީ ކްލަބު ޓޮޓެންހަމް ދޫކޮށް ބަޔާން މިއުނިކާއި ގުޅުނީ މިދިޔަ ސީޒަނަށް ފަހުއެވެ. ގައުމީ ޓީމަށް ކުޅުނު މެޗުތަކާއެކު ހުރިހާ މުބާރާތެއްގައި ކޭން މިހާތަނަށް މި ސީޒަންގައި 40 އަށްވުރެ ގިނަ ލަނޑު ޖަހާފައިވެއެވެ. 

ކޭންގެ ބަދަލުގައި ޔުނައިޓެޑުން ގެނައި ޑެންމާކުގެ ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ ހޮއިލަންޑް ހޯދީ އެޓަލާންޓާ އިން 72 މިލިއަން ޕައުންޑްއަށެވެ. އޭނާގެ ގޯލް ޖުމްލަ އުޅެނީ ކޭންގެ ޖުމްލައަށްވުރެ ތިން ބައިކުޅަ އެއްބައިވަރު މަދުކޮށެވެ.

ނަތީޖާ ދަށްވުމުގެ ސަބަބުން މަގާމު ގެއްލިދާނެކަމުގެ ބިރު ހީވެފައިވާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހޭގު އަންނަނީ ކްލަބުގެ މުޅި ސްކޮޑް ކަހަލަ ގޮތަކަށް އޯވަހޯލް ކުރަން ޖެހޭނެ ކަމަށް ބުނަމުންނެވެ. 

ސްކައި ސްޕޯޓްސްގައި ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ގޭރީ ނެވިލްއާ ވާހަކަ ދައްކަމުން ޓެން ހެގް ބުނީ ކޮންމެ މެޗަކުން ވެސް މޮޅުވާން ޖެހޭ ކަމަށެވެ. ޓެން ހޭގު ބުނީ، ވޭތުވެދިޔަ 10 ވަރަކަށް އަހަރުވެސް ކްލަބުގެ ކޯޗުން ބޭނުންވި ކުޅުންތެރިން ހޯދުމުގެ ފުރުސަތު ނުލިބޭކަން ތެން ހޭގު ފާހަގަ ކުރިއެވެ.

"އަހަންނަށް ފެންނަނީ ކުރިން ވެސް ސާބިތުކޮށްދީފައިވާ ފޯވާޑެއް (ހެރީ ކޭން)، އަހަރެމެން ސޮއިކުރަން ބޭނުންވާ ކުޅުންތެރިއެއް އަދި އޭނާ ހޯދައި ނުދެވުނު. އަދި ދެން އަހަރެމެން ލިބުނީ ހޮއިލަންޑް. އޭނާއަކީ މޮޅު ކުޅުންތެރިއެއް ނަމަވެސް އަދި ވަރަށް ބައިވަރު ތަޖުރިބާ ބޭނުންވާނެ. ހެރީ ކޭންއާ އެކު 30 ގޯލް ލިބޭކަން އެނގޭ. އަހަރެންނަށް ހީވަނީ ހޮއިލަންޑަށް އަދި ވަރަށް ވަގުތު ބޭނުންވާނޭ ކޭން ލެވެލްއަށްދާން".

.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް