ads
އެމްޑީޕީގެ ނަޔާ ކުޅުދުއްފުށީ ގޮފީގެ މެމްބަރުންގެ ބައްދަލުވުން
އެމްޑީޕީ ކުޅުދުއްފުށީ ގޮފީގެ ރައީސަކަށް އަލީ ވަހީދު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުލުދުއްފުށީ ގޮފީގެ ރައީސަކަމަށް ކުރީގެ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު އައްޔަންކޮށްފިއެވެ.

ނަޔާ ކުޅުދުއްފުށީގެ ނަމުން ނަންދީފައިވާ މި ގޮފީގެ ނައިބު ރައީސްއަކަށް އައްޔަންކުރީ ކައުންސިލް މެމްބަރު އާތިފާ އަލީއެވެ. 

ނަޔާ ކުޅުދުއްފުށީ ގޮފި ހިންގުމަށް 29 މެމްބަރުން ހިމެނޭ ކައުންސިލެއް ވަނީ އުފައްދާފައެވެ. ގޮފީގެ ޕޮލިޓިކަލް ކައުންސިލްގެ ޗެއާއަކީ ކުރީގެ ރަށު ކައުންސިލު ރައީސް އަލީ މުހައްމަދުއެވެ. އިކޮނޮމިކް ކައުންސިލްގެ ރައީސަކީ ކުރީގެ ރަށު ކައުންސިލުގެ ރައީސް އަބްދުލް ލަތީފު ހަސަންއެވެ. 

މިމަހުގެ 21ގައި ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަލީ ވަހީދު ވާދަކޮށް ޕީއެންސީގެ ކެެންޑިޑޭޓް ފަރުހަތު މުހައްމަދު  ގޮނޑި ކާމިޔާބު ކުރީ 92 ވޯޓްގެ ތަފާތުންނެވެ. އިންތިހާބުގައި އަލީ ވަހީދަށް ލިބިފައިވަނީ 1136 ވޯޓެވެ. އެއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 47.35 އިންސައްތައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް