ފްރީސްޓައިލް ގައުމީ ރިކޯޑް ރިހާން އާކޮށްފި
ސްޕޯޓްސް ޓީމް
27 އޭޕްރީލް 2024 - 11:02:36
ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯރޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފިއެވެ.
މެލޭޝިއާގައި ކުރިއަށްދާ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރިހާން މި ރެކޯޑް އާކޮށްފައިވަނީ 04:28.34 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ރިހާންއެވެ. އެއީ މިމަހު ކުރީކޮޅު ބޭއްވި އެރީނާ ތައިލަންޑް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައެވެ. އެފަހަރުގެ ވަގުތަކީ 04:29.70 އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް