ads
ލިވަޕޫލުގެ ކޯޗު ކްލޮޕް
ލިވަޕޫލް ބޮނޑި ބޮއިފި، ލީގުގެ އުއްމީދު ފެނަށް
އެވަޓަން އަތް ދަށުވެ ޕްރިމިއަ ލީގު ހޯދުމަށް ލިވަޕޫލް ކުރަމުން އައި އުއްމީދުތައް ބޭކާރުވެއްޖެއެވެ.

އެވަޓަން އަތުން ލިވަޕޫލް ރޭ ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. މިއީ، ޔާގަން ކްލޮޕްގެ ކޯޗުކަމުގައި، ގޫޑިސަންޕާކުގައި ފުރަތަމަ ފަހަރަށް ލިވަޕޫލް ވީ ބައްޔެވެ.

ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ތިން ޓީމު އޮތްއިރު، އެވަޓަން އަތުން ލިވަޕޫލް ބަލިވުމުން އެ ރޭހުން ލިވަޕޫލްވަނީ ގާތްގަނޑަކަށް ކަޓާފައެވެ. މިވަގުތު ތާވަލްގެ އެއްވަނައިގައި އޮތް އާސެނަލްއާ ލިވަޕޫލާ ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަދި މެންޗެސްޓަރ ސިޓީ ތިންވަނައިގައި އޮތަސް އެޓީމަށްވުރެ އިތުރަށް ލިވަޕޫލާއި އާސެނަލް ވެސް ދެ މެޗު ކުޅެފައި ވާތީ ލިވަޕޫލްގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ.

އެވަޓަން އަތުން ލިވަޕޫލް ބަލިވީ 2-0 ނެވެ. މެޗުގައި އެވަޓަންގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ޖެހީ ބްރަންތްވައިޓް އެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ ކަލްވާޓް ލެވިންއެވެ.

މާސީސައިޑްގެ ކުރިމަތިލުމުގެ ގޮތުގައި މަޝްހޫރު ވެފައިވާ ލިވަޕޫލް ސިޓީގެ ދެ ޓީމުގެ ކުރިމަތިލުމުގައި އެވަޓަންއިން މި ކާމިޔާބުކުރީ 13 އަހަރު ފަހުންނެވެ. މި ތާރީހީ މޮޅަކީ، ލިވަޕޫލްގެ ކޯޗުކަމުގައި ކްލޮޕަށް ކުރިމަތިލާން ޖެހުނު އެންމެ ހިތްދަތި ބަލީގެ ގޮތުގައި އިނގިރޭސި މީޑީއާއިން ސިފަ ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް