ads
އެސްއީޒެޑްގެ ފުރަތަމަ ހުއްދަ ފްލޯޓިން ސޯލާ މަޝްރޫއަކަށް
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ފްލޯޓިން ސޯލާ ޕެނަލްތަކެއް ގާއިމްކުރުމުގެ ބިޔަ މަޝްރޫއެއް ހިންގަން ހުއްދަ ދޫކޮށްފި އެވެ.

ބޯޑް އޮފް އިންވެސްޓްމަންޓްސްއިން ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕްއަށް ދޫކުރި މި ހުއްދައަކީ އެސްއީޒެޑް ގާނޫނުގެ ދަށުން ދޫކުރި ފުރަތަމަ ހުއްދަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ހުއްދައިގެ ދަށުން އެސްއީޒެޑް ގާނޫނުގައި ބުނާ ގޮތުގެމަތިން އިތުރު ދިރާސާ އާއި އެސެސްމަންޓުތައް ހަދައި، އެއަށްފަހު ދެ ފަރާތުން މަޝްވަރާކޮށްގެން ފަހުގެ ހުށަހެޅުމާ ހަމައަށް ދާނެ ކަމަށެވެ.

މި މަޝްރޫއަކީ 2028 އާ ހަމަޔަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން މި ސަރުކާރުން  ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެހީތެރިވެދޭނެ މުހިންމު މަޝްރޫއެއް ކަމުގައި މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ގްރޭޓާ މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭން 150 މެގަވޮޓުގެ ފްލޯޓިިން ފޮޓޯ ވޮލްޓައިކް (ޕީވީ) ނިޒާމާއި އެއިން ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވިގެން ދާނެ ކަމުގަ އެވެ. އަދި ބެޓަރީ ސިސްޓަމަކާ އެކީ މި ނިޒާމު މައި ގްރިޑާ ގުޅާލެވޭނެކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އަބްރަކްޒަސްގެ ސީއީއޯ ކޯލްޓާ އީޑީ ވިދާޅުވީ ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނެސްދީ، އެެހެން ސިނާއަތްތައް ވެސް ކުރިއެރުވުމަށް މި މަޝްރޫއު އެހީތެރިވެދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް