ads
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް: އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7 ލައްކައިން މައްޗަށް ވަނީ އަރާފައި - ފޮޓޯ:އެމްއޭސީއެލް
އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7 ލައްކައިން މައްޗަށް
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތް ލައްކައިން މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

 ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން:

  • މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 728,950 ފަތުރުވެރިން ވަނީ އައިސްފައި
  • މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 644,721 ފަތުރުވެރިން
  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 13.1 އިންސައްތައިގެ ކުރިއެރުމެއް

އެޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 124,946 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 6,451 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 7.9 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެ އެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ޗައިނާ - 77,709 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.7 އިންސައްތަ)
  • އިނގިރޭސިވިލާތް - 72,635 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.0 އިންސައްތަ)
  • ރަޝިއާ - 72,336 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.9 އިންސައްތަ)
  • އިޓަލީ - 66,170 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.1 އިންސައްތަ)
  • ޖަރުމަނުވިލާތް - 57,321 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 7.9 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި ޕޮލެންޑުންނެވެެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1,182 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 176 ރިސޯޓާއި 15 ހޮޓަލާއި 844 ގެސްޓްހައުސްގެ އިތުރުން 147 ސަފާރީ ހިމެނެ އެވެ. މި ތަންތަނުން ޖުމްލަ 62,232 އެނދު އޮޕަރޭޓްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް